- އިސްތިހާރު -spot_img

ފާޓިލިޓީ ސެންޓަރުގެ ކާމިޔާބީތައް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

ދަރުމަވަންތަ ހޮސްޕިޓަލުގެ ނެޝަނަލް ފާޓިލިޓީ ސެންޓަރުގެ ތާރީހީ ކާމިޔާބީތައް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގެންފިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ 24 ވަނަ ފަންގިފިލާގައި އިއްޔެ ހަވީރު ބޭއްވި މި ރަސްމިއްޔާތަށް ރައީސްގެ ދެކަނބަލުން ވަޑައިގަތުމުން މަރުހަބާ ދެންނެވީ ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމާއި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ އިސްވެރިންނާއި ނެޝަނަލް ފާޓިލިޓީ ސެންޓަރުގެ އިސްވެރިންނެވެ.

މި ރަސްމިއްޔާތުގައި އެ ސެންޓަރުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކާއި ލިބުނު ކާމިޔާބީތަކާއި ބެހޭގޮތުން ވަނީ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ.

ދަރިމައިވުމާ ގުޅޭ ފަރުވާތަކުގެ ތެރޭގައި ހިމެނޭ އައިވީއެފް އަދި އައިޔޫއައިގެ ފަރުވާ އާސަންދައިގެ ތެރެއިން ހަމަޖައްސައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން ހިމެނޭ ވައުދުފުޅަކަށްވާއިރު މި ވައުދުފުޅާއި އެއްގޮތަށް އާސަންދަ އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، މެދުވެރިކޮށް ރާއްޖެއިން ބޭރުންވެސް ދަރިމައިވުމާ ގުޅޭ ފަރުވާ މިހާރު ލިބޭކަން ފާހަގަކުރެވެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި ހުންނަ ނެޝަނަލް ފާޓިލިޓީ ސެންޓަރ ހުޅުވީ 2024 ނޮވެންބަރު މަހުއެވެ. އަދި އެ ސެންޓަރުގައި ފުރަތަމަ ފަހަރަށް އައިވީއެފް މެދުވެރިކޮށް ކުއްޖަކު އުފަންވީ މިދިޔަ މަހުގެ 7 ވަނަ ދުވަހުއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި