- އިސްތިހާރު -spot_img

”މިދިޔަ އަހަރު 19.4 މިލިޔަން ރުފިޔާ މިސްކިތްތައް މަރާމާތުކުރުމަށް ހަރަދުކޮށްފައިވޭ“

މިދިޔަ އަހަރު 19.4 މިލިޔަން ރުފިޔާ މިސްކިތްތައް މަރާމާތުކުރުމަށް ހަރަދުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވާ ރައީސް ވިދާޅުވީ މި އަހަރު މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތަށް 15 މިލިޔަން ރުފިޔާ ހަރަދުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދިވޭތުވެ ދިޔަ އަހަރު 74 މިސްކިތަކާއި ހަތް އިސްލާމީ މަރުކަޒާއި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ތިން ގޮތްޕަކާއި ހަ ވަގުފު އިމާރާތާއިއެކު ޖުމުލަ 90 މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށްގެންދިޔަ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ދިއްދޫ އިސްލާމީ މަރުކަޒާއި 10 ރަށެއްގައި މިސްކިތް ބިނާ ކުރުމުގެ މަސައްކަތް ނިންމާ ހުޅުވިފައިވާ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރަމަޟާން މަސް ފެށުމުގެ ކުރިން އިތުރު އަށް މިސްކިތެއް ހުޅުވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި މި އަހަަރު ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން އިތުރު 10 ރަށެއްގައި އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް ފެށުމަށްވެސް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

”މީގެ ތެރެއިން ތިން މަރުކަޒުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައި. މިއަހަރު އިތުރު 17 ރަށެއްގައި މިސްކިތް ބިނާކުރުމުގެ މަސައްކަތް ފެށޭނެ.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުޅުމާލޭގައި ގްރޭންޑް މިސްކިތް ބިނާކުރުމުގެ މަސައްކަތް މި އަހަރު ފެށޭއިރު މިސްކިތްތަކުގެ މައި ހޯލުގައި 800 އަށްވުރެ ގިނަ މީހުންނަށްވުރެ ގިނައިން ނަމާދު ކުރެވޭ މިސްކިތްތަކުގެ މައި ހޯލާއި އަންހެނުން ނަމާދުކުރާ ބައި އޭސީ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މާލެގައި ހުރި ހަތަރު މިސްކިތްތަކުގެ މައި ހޯލާއި އަންހެނުން ނަމާދުކުރާ ބައި ރަމަޟާން މަސް ފެށުމުގެ ކުރިން އޭސީކުރެވޭނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި