- އިސްތިހާރު -spot_img

ރައީސް ”ޤަޟާޢީ އަހަރު 2026“ އިފްތިތާހުކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ”ޤަޟާޢީ އަހަރު 2026“ ރޭ އިފްތިތާޙްކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތުގެ ކުރިއަށްގޮސްފައިވަނީ ހުޅުމާލޭގެ ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަންގެ ޖަލްސާކުރާ މާލަމުގައެވެ.

ޤަޟާޢީ އަހަރު އިފްތިތާހުކުރެއްވުމުގެ ރަސްމިއްޔާތަކީ، އައު ޤަޟާޢީ އަހަރަކަށް ކުރިމަތިލާއިރު ފާއިތުވި އަހަރު ކުރެއްވިފައިވާ މަސައްކަތްތައް ފާހަގަކުރުމާއެކު، ފާއިތުވި އަހަރުގެ ތަޖުރިބާގެ އަލީގައި ޝަރުއީ ގޮތުންނާއި، އިދާރީ ގޮތުން ޝަރުއީ ދާއިރާ ހަރުދަނާކުރެއްވުމަށްޓަކައި، އައު އަހަރުގެ ލަނޑުދަނޑިތައް ކަނޑައަޅައި، ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންނާއި، މުވައްޒަފުން އެއް މާހައުލަކުން ބައްދަލުވުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ކޮންމެ އަހަރަކު ބާއްވާ އިހުތިފާލެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ރަސްމިއްޔާތުގައި، ޝަރަފުވެރިކަމާއެކު މުސްކުޅި ކުރައްވާފައިވާ ފަނޑިޔާރުން ތަކްރީމުކުރެއްވުން ކުރިއަށްގޮސްފައިވާއިރު މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޒު އަބްދުލްގަނީ މުހައްމަދު ވަނީ ޤަޟާޢީ ބަޔާން އިއްވަވާދެއްވާފައެވެ.

މި ރަސްމިއްޔާތުގައި، ޝަރުއީ ދާއިރާއަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަނޑިޔާރުންނާއި، މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީފިލާ ހަވާލުކޮށްފައިވެއެވެ. އަދި މި ފިލާ އެފަރާތްތަކާ ހަވާލުކޮށް ދެއްވާފައިވަނީ، ރައީސްއެވެ. މީގެ އިތުރުން، ޝަރުއި ދާއިރާއަށް އެކި ގޮތްގޮތުން އެހީތެރިވެ ދެއްވާފައިވާ ހަތް ބޭފުޅަކަށް އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީފިލާ އަރުވާފައިވާއިރު މި ފިލާ އެފަރާތްތަކާ ހަވާލުކޮށް ދެއްވާފައިވަނީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޒު އަބްދުލްގަނީ މުހައްމަދު އެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި