- އިސްތިހާރު -spot_img

ރާއްޖެ އާއި ޖަރުމަނުވިލާތުގެ ހާރިޖީ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކޮށްފި

ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި ޖަރުމަނުވިލާތުގެ ބާލިންގައި ބޭއްވި ރަސްމީ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

މި ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާއި، ޖަރުމަނުވިލާތުގެ ސަރުކާރުގެ އިސްވެރިންނާއި، ބަރލިންގައި ތިއްބަވާ ޚާރިޖީ މަންދޫބުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި ޖަރުމަނުވިލާތުގައި ދިރިއުޅޭ ބައެއް ދިވެހީންވެސް މި ޖާފަތުގައި ވަނީ ބައިވެރިވެފައިވެއެވެ.

މި ޖާފަތުގައި ގުރުއަތުލުމެއް ބާއްވައި، މި ގުރުއަތުން ހޮވުނު ނަސީބުވެރިންނަށް އިނާމެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ބައެއް ރިސޯޓު ތަކުގައާއި އަދި ގެސްޓް ހައުސް ތަކުގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތުވެސް ދީފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސްގެ މި ދަތުރުފުޅަކީ ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓާ ސްޓައިންމަޔާގެ ދައުވަތަކަށް، މިމަހު 9 ވަނަ ދުވަހުން ފެށިގެން މި މަހު 13 ވަނަ ދުވަހަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި މި ދަތުރުފުޅުގައި ރައީސް، ޖަރުމަނުގެ ރައީސް ސްޓައިންމަޔާ އާއި އެ ގައުމުގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވާފައިވާއިރު މަތީ ފަންތީގެ ރަސްމީ މަޝްވަރާތައްވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ދެ ގައުމުގެ މަންދޫބުން ބައިވެރިވާ ބިޒްނަސް ފޯރަމެއް ވެސް މި ދަތުރުފުޅުގެ ތެރެއިން ބޭއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި