- އިސްތިހާރު -spot_img

ދިއްދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ނިމިއްޖެ: ރައީސް

ހއ. ދިއްދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ނިމިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެއާޕޯޓް ތަރައްގީ ކުރުމަށް ކުރިއަށްގެންދިޔަ މި މަޝްރޫއުއާއި ބެހޭ ގޮތުން ރައީސް ވިދާޅުވީ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ޖަނަވަރީ މަހުގެ 4 ވަނަ ދުވަހު ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން ދިއްދޫން 112 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދިއްދޫ ބިން ހިއްކުމަށް ބޭނުންކުރި ޓްރެއިން ސަކްޝަން ހޮޕާ، ލެއިވް އެރިކްޝަން ނަމަކަށް ކިޔާ ޑްރެޖަރަކީ، 46000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ޑްރެޖަރެއް ކަމަށްވާއިރު މިއީ ބިން ހިއްކުމުގެ މަސައްކަތްތަކަށް ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ ޑްރެޖަރެކެވެ.

ރައީސް ވިދާޅުވީ މި ޑްރެޖާ ގެނެވުނީ މިދިޔަ މަހުގެ 3 ވަނަ ދުވަހު ކަމަށާއި، މި ޑްރެޖާ ބޭނުންކޮށްގެން ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ 4 ޖެނުއަރީ ގައި ކަމަށެވެ. އަދި ރައީސް އިތުރަށް ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ އިއްޔެ ކަމަށެވެ.

”ބިން ހިއްކުމުގެ މަސައްކަތް ފުރިހަމަ ކޮށްފައިވަނީ 50 ދުވަހުގެ ތެރޭގައި.“ ރައީސް ވިދާޅުވިއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި