- އިސްތިހާރު -spot_img

5 މިލިއަން ގަސް ޕްރޮގްރާމުގެ ދަށުން މިހާތަނަށް 8 ލައްކަ ގަސް އިންދައިފި

5 މިލިއަން ގަސް ޕްރޮގްރާމްގެ ދަށުން މިހާތަނަށް 8 ލައްކައަށްވުރެ ގިނަ ގަސް އިންދައިފިއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ބުނީ ފާއިތުވި 104 ހަފްތާގެ ތެރޭގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ކުރެވިގެންދިޔަ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 819،604 ގަސް އިންދާފައިވާ ކަމަށެވެ. އަދި މި އަހަރުގެ ނިޔަލަށް އެއް މިލިއަން ގަސް އިންދުމަށް އަމާޒު ކުރެވިފައިވާކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

އެގޮތުން މި ޕްރޮގްރާމް އިތުރަށް ފުޅާކޮށް ގަސް އިންދާ އާލާކުރުމަށްޓަކައި އެ ވުޒާރާ އާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ލ. ގަމުގައި ދެ ނާސަރީއެއް އެޅުމަށް އެއްބަސްވުމެއްގައި ސޮއިކުރެވި އަމަލީ މަސައްކަތް ވަނީ ފަށާފަކަން ފާހަގަކުރެވެއެވެ.

އެ ވުޒާރާއިން ބުނީ ރާއްޖެގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި 43 ރިސޯޓަކަށް ހައިވަކަރު ގަސް ފޯރުކޯށްދެވިފައިވާއިރު ޗައިނާ ސަރުކާރާއިއެކު 55،000 އަކަފޫޓުގެ ޒަމާނީ ފެންވަރުގެ ނާސަރީއެއް އެޅުމަށްވެސް އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށުމަށްވެސް ހަމަޖެހިފަވާކަން ފާހަގަކުރެވެއެވެ.

ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވާފައިވާ ޕްރޮގުރާމަކަށްވާއިރު މި ޕްރޮގުރާމަކީ ރާއްޖޭގައި މިހާތަނަށް ހިންގާ ގަސް އިންދުމުގެ އެންމެ ބޮޑު ޕްރޮގުރާމެވެ.

ގަސް އިންދުމުގެ ޕްރޮގްރާމްގައި އިސްކަން ދިނުމަށް ހަމަޖެހިފައިވަނީ ރާއްޖެއިން ނެތެމުންދާ ބާވަތްތަކުގެ ގަސް އިންދާ އާލާކުރުމަށެވެ. މި ޕްރޮގްރާމަށް ގަސް ހަދިޔާކުރުމާއި، ގަސް އިންދުމުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް ސަރުކާރުން އެދިފައިވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި