- އިސްތިހާރު -spot_img

އެޗްޑީސީ މުވައްޒަފުންނަށް ފްލެޓް ތަޅުދަނޑި ހަވާލުކުރަން ފަށައިފި

ހުޅުމާލެ ފޭސް އެކެއްގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ގާއިމުކުރި ”ރީތިގަސް“ ފްލެޓުތަކުގެ ތަޅުދަނޑިތައް ރޭ ހަވާލުކުރަން ފަށައިފިއެވެ.

ރީތިގަސް ޓަވަރުގެ އޭ އަދި ބީ ގެ އެޕާޓްމަންޓުތަކުގެ ތަޅުދަނޑި ހަވާލުކުރަން ފަށާފައިވާ އިރު މި މަޝްރޫއަކީ ހުޅުމާލޭގެ ފޭސް އެކެއްގައި އެޗްޑީސީގެ މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ފެށި މަޝްރޫއެއްކަން ފާހަގަކުރެވެއެވެ.

ހުޅުމާލެ ރީތިގަސް މަގުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކޮށްދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ.

އެޗްޑީސީން ބުނީ ރޭ ތަޅުދަނޑި ހަވާލުކުރަން ފެށީ މިހާތަނަށް މަސައްކަތް ނިމިފައިވާ ޓަވަރު އޭ އަދި ޓަވަރު ބީ ގައި ތަރައްގީކޮށްފައިވާ ޖުމްލަ 153 އެޕާޓްމަންޓްގެ ތަޅުދަނޑިތައް ކަމަށާއި މިއީ އެ ކޯޕަރޭޝަންގެ މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ ބޮޑު މައްސަލައަކަށް ހައްލެއް ގެނެސްދޭނެ ކަމެއް ކަމަށެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން އަދި ބާކީ ހަތަރު ޓަވަރުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް އެޗްޑީސީން މައުލޫމާތު ދީފައިވެއެވެ. އަދި އެކޯޕަރޭޝަނުން ބުނީ  ބާކީ ހުރި ޓަވަރުތަކުގެ މަސައްކަތް މި އަހަރުގެ ޑިސެމްބަރު މަހުގެ ފަހު ކޮޅު ނިންމާލެވޭނެ ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި