- އިސްތިހާރު -spot_img

ރައީސް މުއިއްޒު ގައުމު ސަލާމަތް ކޮށްދެއްވީ އަޑިނޭންގޭ މާކަނޑުގެ ބިޔަރާޅުތަކުގެ ތެރެއިން: ޝިޔާމް

އަޑިނޭންގޭ މާ ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރެގައި ބެހިގެން ގެނބިގެން ދަނިކޮށް ގައުމުގެ ހުންގާނާ ހަވާލުވެވަޑައިގެން ސަލާމަތުގެ އައްސޭރިއަަށް ހޭރިއާ ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށް  މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމަށް ދެ އަހަރު ފުރުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރު ވިދާޅުވީ ރައީސް ނިންމެވި މުހިއްމު ނިންމެވުން ތަކަކީ އުނދަގޫފުޅު އެހެނަސް ޔަގީންކަމާއެކު މި ’ދިވެހީންގެރާއްޖެ‘ ސަލާމަތުގެ އައްސޭރިއަށް ބަނދަރުކުރާނެ ނިންމެވުންތަކެއް ކަމަށް ދިވެހި ލޮބުވެތި އެންމެހާ ރައްޔިތުން މިއަދު ޔަގީންކުރައްވާ ކަމަށެވެ.

ވަޒީރު ވަނީ ރައީސް މުއިއްޒުގެ ޒައާމަތަށް ކާމިޔާބު ދެ އަަހަރު ފުރުމުގެ އުފާވެރި މުނާސަބާގައި ރައީސަށާއި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ވަރަށް ބޮޑަށް މަރުހަބާވެސް ދަންނަވާފައެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުގެ ފަހުން އެމަނިކުފާނު ވަނީ ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ތަރައްގީއަށް ގިނަ ގުނަ މަސައްކަތްތަކެއް ކޮށްދެއްވަން ފައްޓަވާދެއްވާފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ދިވެހިން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކުރުމާއި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށްދެއްވާ ހިދުމަތްތައް ފެއްޓެވުމުގެ އިތުރުން ޕާސްޕޯޓުގެ ހިދުމަތްތައް ގިނަ އަތަޅޮތަކުގައި ފައްޓަވައިދެއްވުންކަން ފާހަގަކުރެވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި