މައްކާއިން މަދީނާއަށް ދަތުރުކުރަމުންދިޔަ ބަހެއް ޑީސަލް ބަރުކޮށްފައިވާ ޓޭންކަރެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި 42 އުމްރާވެރިން މަރުވެއްޖެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ބަސް ދަތުރުކުރަމުން ދިޔައީ މައްކާއިން މަދީނާއަށް އުމްރާ ކުރަމުންދިޔަ ބަޔަކު ގޮވައިގެންނެވެ. އަދި ޑީސަލް ބަރުކޮށްފައިވާ ޓޭންކަރެއްގައި ޖެހި އެކްސިޑެންޓްވެފައިވާއިރު މަރުވެފައިވަނީ ބަހުގައި ދަތުރުކުރަމުންދިޔަ އިންޑިއާގެ ހައިދްރަބާދަށް ނިސްބަތްވާ 42 މީހުން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ރޭ ދަންވަރު 1.30 އެހާއިރު ހިނގި މި އެކްސިޑެންޓުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުންވެސް ހިމެނޭއިރު އޭގެ ތެރޭގައި ހިމެނެނީ 20 އަންހެނުންނާއި 11 ކުޑަކުދިން ކަމަށް ރިޕޯޓްތަކުން މައުލޫމާތު ލިބެއެވެ.
މިއެކްސިޑެންޓު ހިނގާފައިވަނީ ދަންވަރުގެ ވަގުތެއްގައި ކަމަށްވާތީ ގިނަ ދަތުރުވެރިން ތިބީ ނިދާފަ ކަމަށްވެސް މައުލޫމާތު ލިބެއެވެ. މި ހާދިސާގައި އަނިޔާ ލިބުނު ފަރާތްތަކަށް ސައުދީ އަރަބިއްޔާއިން އެހީތެރިކަން ފޯރުކޮށްދެމުންދާއިރު ސައުދީ އަރަބިއްޔާގައި ހުންނަ އިންޑިއަން އެމްބަސީއިންވެސް ދަނީ މި ހާދިސާގެ ކަންކަން ވަރަށް ގާތުން ބަލާ، އެހީތެރިކަން ފޯރުކޮށްދެއްމުންނެވެ.
ހައިދްރަބާދުގެ ލޮކް ސަބްހާގެ އެމްޕީ އަދި އައިމިމް ޗީފް ވިދާޅުވީ މި ހަބަރު އެއްސެވީ ފުންހިތާމައާއި އެކުގައި ކަމަށެވެ. އަދި މަރުވެފައިވާ މީހުން ހަށިގަނޑު އަނބުރާ ގައުމަށް ގެނެސްދިނުމަށް ސައުދީ އަރަބިއްޔާއިން އެދިފައިވެއެވެ.




