- އިސްތިހާރު -spot_img

ހާރިޖީ ވަޒީރު ރޭ ބެލްޖިއަމްއަށް ފުރާވަޑައިގެންފި

ހަތަރު ވަނަ ޔޫރަޕިއަން ޔޫނިއަން އިންޑޯ-ޕެސިފިކް މިނިސްޓީރިއަލް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ހާރިޖީ ވަޒީރު، ޑރ. އަބްދުالله ހަލީލް ރޭ ބެލްޖިއަމް އަށް ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނު ބެލްޖިއަން އަށް ފުރާވަޑައިގެންނެވީ ހައި-ރެޕްރެޒެންޓޭޓިވް ފޯ ފޮރިން އެފެއާޒް އެންޑް ސެކިއުރިޓީ ޕޮލިސީ އަދި ޔޫރަޕިއަން ކޮމިޝަންގެ ވައިސް ޕްރެޒިޑެންޓް، ކާޔާ ކަލާސްގެ ދައުވަތުފުޅަކަށެވެ.

މި ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން 21 އަށް ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގައެވެ. އަދި މި ފޯރަމް އަކީ ޔޫރަޕިއަން ޔޫނިއަން އާއި އިންޑޯ-ޕެސިފިކް ސަރަހައްދަށް ނިސްބަތްވާ ގައުމުތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބިގެންދާ ވަރަށް ރަގަޅު ފުރުސަތެއް ކަމަށް ހާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.

ހަމައެހެންމެ މި ފޯރަމްގެ ތެރެއިން ”ކޮމަން އެންޑޭވާސް ފޯ އަ ކްލީން އެންޑް ސަސްޓެއިނަބަލް ފިއުޗާ“ ގެ ނަމުގައި ބާއްވާ ރައުންޑްޓޭބަލް ސެޝަނެއްގައި ވަޒީރު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާއިރު މި ފޯރަމްގެ ހަވާސާގެ ތެރެއިން ރަޙްމަތްތެރި ގައުމުތަކުގެ ހާރިޖީ ވަޒީރުންނާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފަވެއެވެ.

މި ފޯރަމްގައި ރާއްޖެ ތަމްސީލުކުރުމަކީ ސަރަހައްދީ އަދި ބައިނަލްއަގްވާމީ ގުޅުން ދެމެހެއްޓުމަށް ދިވެހިރާއްޖެއިން އިސްކަންދޭ މިންވަރު ދައްކުވައިދިނުމަށް ލިބިގެންދާނެ މުހިއްމު ފުރުސަތެއްކަން ފާހަގަ ކުރެވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި