- އިސްތިހާރު -spot_img

ރައީސްގެ ދެކަނބަލުން ފަލަސްތީނުގެ 17 އަހަރުންދަށުގެ ފުޓްބޯޅަ ޓީމާއި ބައްދަލުކުރައްވައިފި

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ފަލަސްތީނުގެ 17 އަހަރުންދަށުގެ ފުޓްބޯޅަ ޓީމާއި ބައްދަލު ކުރައްވައިފިއެވެ.

ރައީސްގެ ދެކަނބަލުން ފަލަސްތީނުގެ 17 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމާއި ބައްދަލުކުރައްވާ ފަރިއްކޮޅެއްވެސް ދެއްވާފައިވެއެވެ. މި ފަރިއްކޮޅު އޮތީ އިއްޔެ މެންދުރު ހޮޓެލްޖެންގެ ބޯލްރޫމުގައެވެ.

ފަލަސްތީނުގެ 17 އަހަރުގެ ފުޓްބޯޅަ ޓީމު ރާއްޖެ އައިސްފައިވަނީ  އޭއެފްސީ ފުޓްބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ ކޮލިފައިންގައި ބައިވެރިވުމުގެ ކުރިން ތަމްރީނު ކޭމްޕެއްގައި ބައިވެރިވުމަށެވެ. އަދި މި ދަތުރުގައި މި ޓީމު ވަނީ ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމާއެކު ރަޙުމަތްތެރި ކަމުގެ ދެ މެޗެއް ކުޅެފައެވެ. މި ދެ މެޗުންވެސް ފަލަސްތީނު ވަނީ ކުރި ހޯދާފައެވެ.

ރައީސް އާއި ރައީސްގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފު މި މެޗުގެ ސުވެނިއާ ޓިކެޓު ބައްލަވައިގެންފަވެއެވެ. މި މެޗު ތަކުން ލިބުނު ހުރިހާ ފައިސާއެއް ހަދިޔާކޮށްފައި ވަނީ ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ ފަލަސްތީނުގެ ފުޓު ބޯޅަ އެސޯސިއޭޝަނަށްކަން ފާހަގަކުރެވެއެވެ.

މި ފަރިއްކޮޅުގައި ސަރުކާރުގެ އިސްވެރިންގެ އިތުރުން ދިވެހިރާއްޖޭގެ 17 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމާއި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ބައެއް މެމްބަރުންވެސް ބައިވެވަޑައިގެންފައިވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި