- އިސްތިހާރު -spot_img

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުން: ސެގްމަންޓް 1 ގެ %91 މަސައްކަތް ނިމިއްޖެ

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެިން ސެގްމަންޓް އެކެއްގެ 91 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މާލޭގެ ބޭރު މަގު، ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ކުރިއަށްގެންދަނީ ފަސް ސެގްމަންޓަކަށް ބަހާލައިގެން ކަމަށެވެ. އަދި ބޮޑުތަކުރުފާނު މަގުގެ ސެގްމަންޓް އެކެއްގައި މިހާރު ތާރުއެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް އެކުންދުނިން ބުންޏެވެ.

ފުރަތަމަ ފިޔަވަހީގައި ތަރައްގީކުރަނީ މާލޭގެ ލޯކަލް މާރުކޭޓު ސަރަޙައްދުން ފެށިގެން ހުޅުމާލެ ފެރީ ޓަރމިނަލްއާ ހަމައަށެވެ. ސެގްމަންޓް އެކެއްގެ މަސައްކަތަކީ ޝަހީދު ހުސައިން އާދަމް ބިލްޑިންގްއާ ހަމައަށް ކުރިއަށްގެންދާ މަސައްކަތަކަށްވާއިރު މިއީ 130 މީޓަރުގެ ސަރަޙައްދެއްކަން ފާހަގަކުރެވެއެވެ.

ސެގްމެންޓް އެކެއްގައި ތާރު ފަށަލަ އެޅުމުގެ ކުރިން އަޅާ އޭބީސީ ލޭޔާގެ މަސައްކަތް ފަށާފައިވާއިރު އޭބީސީ ލޭޔާގެ މަސައްކަތް ނިމުމާއެކު، ތާރު އެޅުމުގެ މަސައްކަތް ފެށޭނެކަމަށްވެސް އެމްޓީސީސީން މައުލޫމާތު ދީފައިވެއެވެ.

އެކުންފުނިން ބުނީ ޔުޓިލިޓީ ވިއުގައިގެ މަސައްކަތްތަކާއި ފެން ހިންދާ ނިޒާމުގެ މަސައްކަތްވެސް މުޅިން ނިމިފައިވާއިރު ސައިޑް ވޯކްގެ %87 މަސައްކަތްވެސް ނިންމާފައިވާ ކަމަށެވެ.

މުޅި މަޝްރޫއުގެ ފަސް ސެގްމަންޓްގައި ޖުމްލަ 830 މީޓަރުގެ މަގު ތަރައްގީ ކުރުމަށް ހަމަޖެހިފައިވެއެވެ. އެ ކުންފުނިން ބުނީ ތާރުއެޅުމުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިމޭނެ ކަމަށެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިޔަން ރުފިޔާއަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި