- އިސްތިހާރު -spot_img

ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ރީންދޫ ސަމާލު ނެރެފި

ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ރީންދޫ ސަމާލު ނެރެފިއެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާ (މެޓު) އިން ރީންދޫ ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 10:00 އިން ފެށިގެން މެންދުރު 14:00 އާއި ހަމައަށްކަމަށްވާއިރު މެޓުން ވަނީ ބޯކޮށްވާރޭ ވެހުމާއި އެކު ގުގުރުންވެސް އެކަށީގެންވާ ކަމަށްވެސް ލަފާކޮށްފައެވެ.

މެޓުން މިއަދު ހެނދުނު ނެރެފައިވާ މޫސުމީ ސަމާލުގައި ބުނީ ރާއްޖޭ ސަރަހައްދަށް ހުޅަނދު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން މިއަދު މެންދުރުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހު އެކި ސަރަހައްދުތަކަށް ވިއްސާރަކުރާނެ ކަމަށެވެ. އަދި އާއްމުކޮށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓުން ބުންޏެވެ.

އެ ގޮތުން އެކި ސަރަހައްދުތަކަށް ވިއްސާރަކުރުމާއިއެކު ގުގުރުން އެކަށީގެންވާއިރު ބައެއް ރަށްތަކަށް ބޯކޮށްވާރޭވެސް ވެހޭނެ ކަމަށް މެޓުން މައުލޫމާތު ދީފައިވެއެވެ. އަދި ވައި ބާރުވެ ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށާއި، ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށްވެސް މެޓުން ބުންޏެވެ.

މެޓުން ވަނީ ހުރިހާ ފަރާތްތަކުން އަދި ހާއްސަކޮށް ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަ ކުރުމާއިއެކު މޫސުމަށް ސަމާލުވުމަށްވެސް އިލްތިމާސްކޮށްފައެވެ.

މިއަދު ހެނދުނު މެޓުންވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް ހުދު ސަމާލުވެސް ނެރެފައެވެ. ހުދު ސަމާލުނެރެފައިވަނީ ބޯކޮށް ވާރޭވުމާއިއެކު ގުގުރުންވެސް އެކަށީގެންވާ ކަމަށް ލަފާކޮށް މިއަދު ފަތިހު 5:45 އިން ފެށިގެން ހެނދުނު 11:00 އާއި ހަމައަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި