- އިސްތިހާރު -spot_img

”ސަރުކާރުން ޖެނެރޭޝަނަލް ބޭން ތަންފީޒު ކުރަމުންދަނީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހު“

ސަރުކާރުން ޖެނެރޭޝަނަލް ބޭން ނުވަތަ ޖީލަކަށް ދުންފަތް މަނާކުރުން ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުން ދަނީ އެކަމުގައި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކަމަށް ސިއްހަތާބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޖީލަކަށް ދުންފަން މަނާކުރުން ތަންފީޒު ކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލުގައިވަނީ ޖެނެރޭޝަން ބޭން ތަންފީޒު ކުރުމަށް ވަމުން އަންނަ ތައްޔާރީތަކަކީ ކޮބައިތޯ އާއި މިކަން ތަންފީޒު ކުރާއިރު އެ ޖެނެރޭޝަންގެ މީހުންގެ ތެރެއިން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް ހަމަޖެހިފައިވާ ނުވަތަ ހަމަޖައްސާނެ އިންތިޒާމުތަކުގެ ތަފްސީލުވެސް ދެއްވުމަށް އެދިފައިވެއެވެ.

އަދި މި ނިންމުމުގެ ނަތީޖާއާއި މެދު ދިރާސާއެއް ކުރައްވާނަމަ އެ ދިރާސާއެއްގެ ތަފްސީލުވެސް ދެއްވުމަށް މެމްބަރު އެދިފައިވެއެވެ.

ދުންފަތާއި ގުޅުންހުރި ކުށްތަކަށް އަރައިގަންނަނީ، ގާނޫނުގެ ތެރެއިން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ގަބޫނުކުރައްވާ ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ގައިގައިން ނާރާ ބަލިތައް އިތުރުވާ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ދުންފަތުގެ ސަބަބުން މިފަދަ ބަލިތައް އިތުރުވާ މިންވަރު މަދުކުރުމަށް ހާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރާ ކަމަށެވެ. އަދި މި ކަމުގައި އަޅަމުންދާ ފިޔަވަޅުތައް ތިން ކަމަކަށް ބިނާވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިކަމަށް މީހުން ހޭލުންތެރި ކުރުވުމާއި، އެކަން ކުރުމަށް ބޭނުންވާ ސިފަތައް ނުވަތަ ވައްޓަފާޅި މީހުންނަށް އޮޅުން ފިލުވައިދިނުމަށް އަދި އެކަމަށް މީހުންގެ މެދުގައި ޝައުގުވެރިކަން އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ވަޒީރު ވިދާޅުވީ ސަރުކާރުން މިމައްސަލަ ހައްލު ކުރުމަށް ދުންފަތުގެ ނުރައްކަލާއި ގުޅޭގޮތުން އެކި މަންސަތައް މެދުވެރިކޮށް އާންމުންނަށް މައުލޫމާތުދީ، މިކަން ހުއްޓަން ބޭނުންވާ ފަރާތްތަކަށް އެކަމަށް މަގުފަހިކޮށްދިނުމަށް މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ސިޒޭޝަން ހިދުމަތް ލިބޭނެ ގޮތް މަގުފަހިކޮށްދީފައިވާ ކަމަށެވެ. އަދި މިކަން ތަންފީޒު ކުރުމުގައި ގާނޫނާއި ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅޭނެ ނިޒާމުވެސް ގާއިމުވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި