- އިސްތިހާރު -spot_img

ހުޅުމާލެ 3 ވަނަ ފިޔަވަހީގައި އަޅާފައިވާ ކަނޑު އުޅަނދުތައް ނަގަނީ

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކާ ސަރަހައްދުގައި އަޅާފައިވާ ކަނޑު އުޅަނދު ފަހަރާއި އެހެނިހެން ތަކެތީގެ ތެރެއިން މިހާތަނަށް ނުނަގާ ހުރި އުޅަނދުތައް މިރޭ ނަގާނެކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެ ކޯޕަރޭޝަނުން ބުނީ މި ސަރަހައްދުގައި ނަގަންއަންގާފައިވާ އުޅަނދުތަކުގެ ތެރެއިން ނުނަގާހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ހިއްކުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި ކަނޑު އުޅަނދު ފަހަރުގެ އިތުރުން އެހެނިހެން ތަކެތިވެސް ހުރިކަންވެސް އެޗްޑީސީން ފާހަގަކޮށްފައިވެއެވެ.

އެ ކޯޕަރޭޝަނުން ބުނީ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުގައި އަޅާފައިވާ ކަނޑު އުޅަނދު ފަހަރުގެ އިތުރުން އެ ސަރަހައްދުގައިވާ އެހެން އުޅަނދުތައް މިރޭ 23:59 ގެ ކުރިން އެ ސަރަހައްދުން ނެގުމަށެވެ.

އެ ކޯޕަރޭޝަނުގެ އިއުލާނުގައިވާ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުން، ބިން ހިއްކުމުގެ މަސައްކަތަށް ހުރަސްއެޅޭ ގޮތަށް އަޅާފައިވާ ކަނޑު އުޅަނދު ފަހަރުގެ އިތުރުން އެ ސަރަހައްދުގައިވާ އެހެނިހެން ތަކެތި، ދެވިފައިވާ މުއްދަތުގައި ވެރި ފަރާތުން ނުނަގައިފިނަމަ އެ ކޯޕަރޭޝަނުން އެތަކެތި ނަގާނެ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

މިގޮތަށް  އެތަކެތި ނެގުމުގެ ތެރޭގައި އެ ތަކެއްޗަށް ލިބޭ އެއްވެސް ގެއްލުމަކަށް އެޗްޑީސީން ޒިންމާ ނުވާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

މި މަހު 19 ވަނަ ދުވަހުވެސް އެޗްޑީސީންވަނީ އެ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމަށް އަންގާ، ފަހު ފުރުސަތުދީފައެވެ. އެ ކޯޕަރޭޝަނުން ބުނީ ހުޅުމާލޭ މާސްޓަރ ޕްލޭނާއި އެއްގޮތަށް، ހުޅުމާލޭ ފޭސް ތިނެއް ހިއްކަންޖެހޭ ސަރަޙައްދުތައް ހިއްކުން އަވަސްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެކޯޕަރޭޝަނުން ކުރަމުން ގެންދާ ކަމަށެވެ. އަދި ހުޅުމާލެ ފަޅުތެރޭގައި ބިން ހިއްކުމަށް ހަމަޖެހިފައިވާ ސަރަޙައްދުގައި އަޅާފައިވާ އުޅަނދުތައް އެ ސަރަޙައްދުން، ނެގުމަށް އެކިފަހަރުމަތިން އާއްމުކޮށް އަންގައި އިއުލާނު ކުރެވިފައިވާ ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި