- އިސްތިހާރު -spot_img

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ކޮޅިގަނޑު މިހާރު ދަތުރުކުރަނީ ރާއްޖެއާއި ދުރަށް: މެޓް

ރާއްޖެއަށް މިހާރު ކުރަމުންމިދާ ވިއްސާރަ ތޫފާން ”ޑިޓުވާ“ މިހާރު ދަތުރު ކުރަމުންދާނީ ރާއްޖެއާއި ދުރަށް ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާ (މެޓު) އިން ބުނެފިއެވެ.

މެޓުން ބުނީ ޑިޓުވާ ތޫފާން މިހާރު ހުރީ ހއ. ކެލާގެ އިރުއުތުރުން ގާތްގަނޑަކަށް 876 ކިލޯމީޓަރު ދުރުން، ސްރީލަންކާގެ އުތުރު އައްސޭރި ފަށުގައި ކަމަށެވެ. އަދި މި ތޫފާން ދަތުރު ކުރަމުންދަނީ ހުޅަނގު އުތުރަށް، އިންޑިއާގެ އުތުރު ޓަމިލްނާޑޫ، ޕޫޑޫޗެރީ އަދި އަންދަރަ ޕްރަދޭޝްގެ ދެކުނު އައްސޭރި ފަށާއި ދިމާއަށް ކަމަށްވެސް މެޓުން ބުންޏެވެ.

މި ތޫފާނާއި ގުޅިގެން ހުދު ސަމާލު ނެރެފައިވަނީ މެޓު އޮފީހުގެ އެލާޓް ދަރަޖަ ކުރެވިފައިވާ ސަރަހައްދަށް ތޫފާން ވަނުމުން ކަމަށްވެސް މެޓުން މައުލޫމާތު ދީފައިވެއެވެ. އަދި މި ތޫފާނާއި ގުޅިގެން ކުރިއަށް އޮތް 24 ގަޑިއިރުވެސް ދެކުނާއި މެދު ރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުންވެސް އެކަށީގެންވާކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

މެޓުން ބުނީ އަންނަ އަންގާރަ ދުވަހުން ފެށިގެން މޫސުން ރަނގަޅު ވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މި ރޭގެ މޫސުމަށް ބަލާއިރު ދެކުނާއި މެދު ރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުރުރާނެ ކަމަށް މެޓުން ލަފާކޮށްފައިވާއިރު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް މެޓުން މައުލޫމާތު ދީފައިވެއެވެ.

މެޓުން ބުނީ އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި