- އިސްތިހާރު -spot_img

ހުޅުމާލެއިން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

ހުޅުމާލެއިން 14 އަހަރު އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ އެކުއްޖާ ގެއްލިފައިވަނީ ހުޅުމާލެ ފޭސް ދެއަކުން ކަމަށެވެ. އަދި މި އަންހެން ކުއްޖާ ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން އެކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައިވެއެވެ.

ގެއްލިގެން ހޯދަމުންދަނީ ރ. ދުވާފަރު /  ސިކްސް ސެންސް، ޝިބާ ރަޝީދު (14އ) އެވެ.

އެކުއްޖާ ގެއްލިފައިވަނީ މިދިޔަ ހުކުރު ދުވަހުގެ 05:55 އެހާކަންހާއިރު ކަމަށވެސް ފުލުހުން ބުންޏެވެ. އަދި އެ ކުއްޖާ ގެއިން ނުކުމެގެން ދިޔަގޮތަށް ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް އާއިލާގެ ފަރާތުން ރިޕޯޓްކޮށްފައިވަނީވެސް ހަމަ އެދުވަހުއެވެ.

ފުލުހުން ބުނީ މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު ކަމާގުޅުން ހުރި ބަހާތަކަށް އެކަމުގެ މައުލޫމާތު ހިއްސާކުރެވި ކުއްޖާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ކުއްޖާ ހޯދުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން ފެނިފައިނުވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ޝިބާ ރަޝީދުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ސީރިއަސް ކްރައިމް  އިންވެސްޓިގޭޝަންގެ ނަންބަރު 9113900 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ. ފުލުހުން އެދިފައިވެއެވެ. އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ޝުކުރު އަދާކޮށްފައިވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި