ދިވެހި ޕާސްޕޯޓުގެ ހިދުމަތް ރާއްޖޭގެ އެކިކަންކޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން، ތ. ގުރައިދޫގައި ރޭ ދިވެހި ޕާސްޕޯޓުގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
އިމިގްރޭޝަނުން ބުނީ ވިލުފުށި، ވޭމަންޑޫ ހިމެނޭހެން ތ. އަތޮޅުގެ ތިން ރަށަކުން މިހާރު ޕާސްޕޯޓުގެ ހިދުމަތް ލިބެމުންދާއިރު ތ. އަތޮޅުގެ ވިލުފުއްޓާއި ވޭމަންޑޫ ހިމެނޭހެން ތިން ރަށަކުން ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ ކަމަށެވެ.
އެ އިދާރާގެ ދަށުން ދޭ ޕާސްޕޯޓާއި، އައިޑީކާޑުގެ ހިދުމަތް އަތޮޅުތަކަށް ފުޅާކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ކޮންމެ އަތޮޅަކުންވެސް މަދުވެގެން އެއް ރަށުގައި މި ހިދުމަތް ލިބޭނެ އިންތިޒާމުވެސް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.
ދިވެހި ޕާސްޕޯޓުގެ ހިދުމަތް ރާއްޖޭގެ އެންމެހައި އަތޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫއުއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުހިއްމު ވައުދުފުޅެކެވެ.
މިހާރު ރާއްޖޭގެ ގިނަ ސަރަޙައްދުތަކުގައި މި ހިދުމަތް ދެމުންދާއިރު މާލެ ސިޓީގެ އިތުރުން ހުޅުމާލެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގެ އިތުރުން ވިލިމާލޭގައި ވެސް ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށައިފަވެއެވެ.





