- އިސްތިހާރު -spot_img

މެދު ރާއްޖެ ތެރެއަށް ހުދު ސަމާލު ނެރެފި

ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާނެ ކަމަށް ލަފާކޮށް ބ. އަތޮޅުން ފެށިގެން އއ. އަތޮޅާއި ހަމައަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާ (މެޓު) އިން ހުދު ސަމާލު ނެރެފައިވާ މިއަދު ހެނދުނު 6:30 އިން ހެނދުނު 10:30 އާއި ހަމައަށެވެ. މެޓުން ބުނީ ބޯކޮށް ވާރޭވެހުމާއިއެކު ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ.

މިއަދު 18:00 އާއި ހަމައަށް މޫސުން ލަފާ ކުރާ ގޮތަށް ބަލާއިރު އުތުރާއި މެދު ރާއްޖެ ތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއިއެކު ގުގުރާނެ ކަމަށް މެޓުން ލަފާކޮށްފައިވާއިރު ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް މޫސުން އާއްމު ގޮތެއްގައި ރަނގަޅުވާނެއެވެ.

އުތުރުގެ އަތޮޅުތަކަށް ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު ތިން މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް މެޓުން ލަފާކޮށްފައިވެއެވެ. އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭނެ ކަމަށްވެސް މެޓުން މައުލޫމާތު ދީފައިވެއެވެ.

އުތުރުގެ ކަނޑުތައް މަޑުވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި