- އިސްތިހާރު -spot_img

ސޫދާންގައި ހިނގަމުންދާ ހަމަނުޖެހުމުގައި 47 މީހަކު މަރުވެއްޖެ

ސޫދާނުގައި ހިނގަމުންދާ ހަނގުރާމައިގައި ދެކުނު ކޮރުޑޮފާނުގައި 47 މީހަކު މަރުވެއްޖެއެވެ.

ރިޕޯޓްތަކުން މައުލޫމާތު ލިބޭ ގޮތުގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ. އަދި 50 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ. އޮފިޝަލުން ބުނީ މަރުވި މީހުންގެ އަދަދު މިއަށްވުރެއްވެސް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި ރެޕިޑް ސަޕޯޓް ފޯސަސް (އާރުއެސްއެފް) އިން މިހަމަލާ ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި މިހަމަލާގައި އެ ސަރަހައްދުގައި ހިމެނޭ ހޮސްޕިޓަލަކާއި ސަރުކާރުގެ އިމާރާތެއްވެސް ވަނީ ގޮއްވާލާފައެވެ.

ސޫދާނުގައި ހިނގަމުންދާ ހަނގުރާމައަށް ދެ އަހަރު ފުރިފައިވާއިރު މިހާތަނަށް ގިނަ މުސްލިމުންތަކެއް މަރާލާފައިވެއެވެ. އަދި ސޫދާންގެ 12 މިލިއަން މީހުންގެ ގެދޮރު ގެއްލިފައިވާއިރު ގެދޮރު ގެއްލުނު މީހުން މިހާރު ދިރިއުޅެނީ އެމީހުން ބޭނުންކުރި ބެޑް ޝީޓުން ހިޔާ ކޮށްގެންނެވެ.

ސޫދާންގެ މި ސަރަހައްދުގައި ސިއްހީ ހާލަތު ގޯސްވެފައިވާއިރު ތައުލީމުވެސް މިވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި ގިނަ ސަރަހައްދުގައި ހުރި ގެތައް ބިމާ ހަމަވެފައިވެއެވެ.

ސޫދާނުގައި ހަނގުރާމަ ފެށުނީ 2023 ވަނަ އަހަރުގެ އޭޕްރީލް 15 ވަނަ ދުވަހު، ސިފައިންގެ އިސް ދެ ފަރާތެއްގެ ދެމެދުގައެވެ. އެއީ ޖެނެރަލް އަބްދުލް ފައްތާހް އަލް-ބުރުހާން އިސްކޮށް ހުރެ ސޫދާނުގެ ހަތިޔާރުއެޅި ބާރުތައް (އެސްއޭއެފް) އާއި، ޖެނެރަލް މުހައްމަދު ހަމްދާން ދަގަލޯ ނުވަތަ އާންމުކޮށް ”ހެމެދްތީ“ ގެ ނަމުން މަޝްހޫރު ވެރިޔާގެ ދަށުގައިވާ އާރްއެސްއެފް އެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި