- އިސްތިހާރު -spot_img

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވޭ: މެޓު

މިއަދުވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އިން ބުނެފިއެވެ.

މެޓުން ވަނީ ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ހުދު ސަމާލުވެސް ނެރެފައެވެ. މެޓުން ހުދު ސަމާލު ނެރުނީ މިއަދު ފަތިހު 4:30 އިން ފެށިގެން ހެނދުނު 9:30 އާއި ހަމައަށެވެ.

މެޓުން ބުނީ ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށެވެ. އަދި އުތުރާއި ދެކުނުގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށްވެސް މެޓުން ލަފާކޮށްފައިވެއެވެ.

މީގެ އިތުރުން މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރުން އެކަށީގެންވާއިރު އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު އަށް މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް މެޓުން ލަފާކޮށްފައިވެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ފަސް މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ.

މެޓުން ބުނީ ކަނޑުތައް އުތުރާއި މެދު ރާއްޖެ ތެރޭގައި އާދައިގެ ވަރަކަށް ގަދަވުން އެކަށީގެންވާއިރު ދެކުނުގައި އާދައިގެ ވަރަކަށް ކަނޑުތައް މަޑުވާނެ ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި