- އިސްތިހާރު -spot_img

އުޅަނދުތަކަށް ހާއްސަ ވަގުތީ ޕާކިން ސަރަހައްދު އާއްމުންނަށް ހުޅުވާލައިފި

މާލެ ޒޯންގައި ރަޖިސްޓްރީ ކުރެވިފައިވާ އުޅަނދުތަކަށް ހާއްސަ ވަގުތީ ޕާކިން އާއްމުންނަށް ހުޅުވާލައިފިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރިއަށްދިޔަ މި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން އެވެ. ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހާއްސަކޮށްގެން ހުޅުވާލި މި ސަރަހައްދު ތަރައްގީކޮށްފައިވަނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާ އާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެންނެވެ.

މި ޕާކިން ޒޯނު ތަރައްގީކޮށްފައިވަނީ  1،200 އަށްވުރެ ގިނަ ވެހިކަލް ޕާކުކުރެވޭ ގޮތަށެވެ. އަދި މި ޕާކިންގައި ޕާކު ކުރެވޭނީ ހަމައެކަނި ހަތަރު ފުރޮޅުލީ އުޅަނދުތައް ކަމަށް ދަތުރުފަތުރާބެހޭ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދަތުރުފަތުރާއިބެހޭ ވަޒީރު ވިދާޅުވީ މި ޒޯނާއިއެކު މާލެ ސަރަހައްދުގައި ދިމާވެފައިވާ ޕާކިން މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި މަގުތައް ތޮއްޖެހުން ކުޑަވެގެންދާނީ ޕާކިން އަށް ހާއްސަކުރެވިފައިވާ ސަރަހައްދުތަކުގައި ޕާކު ކުރުމުން ކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ވަގުތީ ޕާކިންތައް ތަރައްގީކުރަނީ ވެސް، ޕާކިން ބިލްޑިން އެއް އެޅި ދާއިމީ ހައްލެއް ލިބުމުގެ ކުރިން މި މައްސަލައަށް ހައްލެއް ގެނައުމަށް ކަމަށެވެ.

މި ކަން ތަރައްގީ ކުރަމުންދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުފުޅާއި އެއްގޮތަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވީ މިހާރުވެސް ޕާކިން ބިލްޑިންތަކެއް އެޅުމުގެ މަސައްކަތް ވުޒާރާ އާއި ގުޅިގެން ކުރަމުންދާ ކަމަށެވެ. އަދި ޕާކިން މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުގެ މެންޑޭޓާއި އެއްގޮތަށް މަސައްކަތް ކުރަމުންދާކަން ޒުހައިރު ފާހަގަކުރެއްވިއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި