- އިސްތިހާރު -spot_img

”މަސްވެރިކަމަކީ ދިވެހިންގެ އާދަކާދައާއި ގުޅިލާ މެހިފައިވާ ފަހުރުވެރި މަސައްކަތެއް“

މަސްވެރިކަމަކީ ދިވެހިންގެ އާދަކާދައާއި ގުޅިލާ މެހިފައިވާ ފަހުރުވެރި މަސައްކަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މަސްވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭން ފެށީއްސުރެ، މަސްވެރިކަމާ ދިވެހީންނާ ވަނީ ލާމެހިފައި ކަމަށެވެ. އަދި އެ ދުވަހުއްސުރެ މިއަދާ ހަމަޔަށްވެސް ދިވެހީންގެ މައިގަނޑު ކާނާއަކީ ކަނޑުރޯދި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ދިވެހީންގެ މުރާލިކަމާއި ހުނަރާއި ދިވެހި އާދަކާދައާއި ސަގާފަތާ ގުޅިފައިވާ އެންމެ ފަހުރުވެރި، ދިވެހިވަންތަ މަސައްކަތަކީ މަސްވެރިކަން ކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ، މަސްވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާކޮށް، އުފެއްދުންތައް އިތުރުކޮށް، މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރުކުރުން ކަމަށެވެ.

ރައީސް ވިދާޅުވީ ގައުމުގެ އިގްތިސާދަށް މަސްވެރިކަމުން ލިބޭ މަންފާތައް ގިނަކުރުމަކީވެސް ސަރުކާރުގެ އަމާޒެއް ކަމަށެވެ. ހަމައެހެންމެ މަސްވެރިކަން އިތުރަށް ޒަމާނީކޮށް، މަސްވެރިންނަށް ފުރުސަތުތައް ފަހިކޮށް ދިނުމަކީވެސް ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

”މަސްވެރިންގެ ދުވަހުގެ ތަހުނިޔާ، މި ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށާއި އާއިލާތަކަށް މި ދަންނަވަނީ، މާތްﷲގެ ތަނަވަސް ރަޙްމަތާއި މަދަދާއި ބަރަކާތް ދިވެހި ލޮބުވެތި މަސްވެރިންނަށް އަބަދުމެ މިންވަރުކޮށް ދެއްވުން އެދި ދުއާކުރަމުން.“ ރައީސް ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެވެސް މަސްވެރިކަމުގެ ދުވަސް ފާހަގަކުރަނީ ޑިސެމްބަރު 10 ވަނަ ދުވަހުއެވެ. އެގޮތުން މިއަހަރު މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ  ދުވާފަރުގައިއެވެ. އަދި މި އަހަރު  މި ފާހަގަ ކުރަނީ 45 ވަނަ މަސްވެރިންގެ ދުވަސްކަމަށްވާއިރު މިދުވަސް ފާހަގަކުރަނީ މަސްވެރިން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، މި ސިނާއަތުގައި ހަރަކާތްވެރިވާ މަސްވެރިންނަށް ހިތްވަރު ދިނުމަށްކަން ފާހަގަކުރެވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި