ބޯކޮށްވާރޭވެހުމާއިއެކު ގުރުރާނެ ކަމަށް ލަފާ ކޮށް ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާ (މެޓު) އިން ހުދު ސަމާލު ނެރެފައިވަނީ މިއަދު ފަތިހު 5:00 އިން ހެނދުނު 11:00 އާއި ހަމައަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށްވެސް މެޓުން ލަފާކޮށްފައިވެއެވެ.
މިއަދު ހަވީރު 18:00 އާއި ހަމައަށް ރާއްޖެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއިއެކު ގުގުރާނެއެވެ. އަދި ދެކުނާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.
މެޓުން ބުނީ ދެކުނު އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް އިރު އުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.
އެ ގޮތުން މެދު ރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް ގަދަވާނެ އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާ ގަނޑުގައި ގަދަވާނެކަމަށްވެސް މެޓުން ވަނީ ލަފާކޮށްފައެވެ.
ވެތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ބޮޑަށް ވާރޭ ވެހެފައިވަނީ ވ. ރަކީދޫއަށެވެ. މެޓުން ވަނީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް އިލްތިމާސްކޮށްފައެވެ.





