- އިސްތިހާރު -spot_img

ސައްހަ ނޫން ޑޮލަރު ވިއްކި މީހަކު ހޯދަން އިއުލާނުކޮށްފި

ސައްހަ ނޫން ޑޮލަރުން މުއާމަލާތްކޮށްފައިވާ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހޯދަން އިއުލާން ކޮށްފިއެވެ.

ފުލުހުން އާއްމުކުރި ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9790048 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322112 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަަށް ފުލުހުން އެދިފައިވެއެވެ.

ސައްހަ ނޫން ޑޮލަރު ރާއްޖޭގައި މަދުން ނަމަވެސް ދައުރުވާއިރު ސައްހަ ނޫން ނޫޓު ތަކުގައި އެންމެ ބޮޑަށް ފާހަގަކުރެވޭ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ؛

  • ސައްހަ ނޫޓާއި ތަފާތު ކަރުދާހެއްގައި ޕްރިންޓްކޮށްފައި ހުރުން
  • ނޫޓް އައްޔަށް ދިއްކުރުމުން ކަނާތް ފަރާތުގައި ފެންނަން ހުންނަ ބެންޖަމިން ފްރެކްލިން ހިމެނޭ ފެންމަރުކާ (ވޯޓަ މާކް) ސައްހަ ނޫޓާ ތަފާތުކޮށް ހުރުން
  • ނޫޓު އައްޔަށް ދިއްކުރުމުން ނޫޓުގެ ވައަތްފަރާތުން ފެންނަން ހުންނަ ”USA 100“ ލިޔެފައިވާ ސަލާމަތީ ރޮދިފަށް ނޫޓުގެ ދެ ފަރާތުން ފެންނަން ނެތުން
  • ނޫޓު އަލްޓްރާ ވައިލެޓް އައްޔަށް ދިއްކުރުމުން ނޫޓުގައި ދިއްލިފައި ހުނަން ޖެހޭ ސަލާމަތީ ރޮދިފަށް ނޫޓުގެ ދެފަރާތުން ދިއްލިފައި ނެތުން
  • ނޫޓު އަލްޓްރާ ވައިލެޓް އައްޔަށް ދިއްކުރުރުމުން ނޫޓު މޫނުމަތީގައި ރަތް އަދި ނޫކުލައިން ދިއްލިފައި ހުންނަން ޖެހޭ ސެކިއުރިޓީ ފައިބަރު ނެތުން
  • ނޫޓުގެ ކަނާތް ފަރާތުން ތިރީގައި ހިމަނާފައިވާ މޫނުމަތީ އަގު ނޫޓު އަރިކުރުމުން ކުލަ ބަދަލު ނުވުން އެވެ.

ޑޮލަރު މާރު ކުރުމުގައި މިފަދަ ކަންކަމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ތަކުރާރުކޮށް އިލްތިމާސްކުރެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި