- އިސްތިހާރު -spot_img

މަރުވެފައި އޮތް މީހަކު އަނެއްކާވެސް ކަނޑުމަތިން ފެނިއްޖެ

ކ. އަތޮޅު ކަނޑޫމާ ތިލަ ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު އަނެއްކާވެސް ފެނިއްޖެއެވެ.

ފުލުހުން ބުނީ ކަނޑޫމާ ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 10:17 ހާއިރު ކަމަށެވެ. އަދި މިކަމުގެ މައުލޫމާތު ލިބުމާއިއެކު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީ ފިރިހެނެއް ކަމަށެވެ. އަދި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި، މައުލޫމާތު ލިބޭ މިންވަރަކުން ހިއްސާކުރަމުން ދާނެ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުވެސް ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިފައިވެއެވެ. އެމީހާ ފެނިފައިވަނީ ގުޅީފަޅު ކައިރިންނެވެ. ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ އެދުވަހު 13:21 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީއެއް ކަމަށާއި، އެ މީހާގެ ހަށިގަނޑު ކަނޑުން ނަގައި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

މަރުވެފައިވާ އޮއްވާ ފެނިފައިވާ މީހާއަކީ ކާކުކަން މިހާރު ދެނެގަނެވިފައިވާއިރު އެމީހާއަކީ ޗައިނާ ރައްޔިތެއް ކަމަށްވާ ޗެންގް ޖިއާ (38އ) ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި