- އިސްތިހާރު -spot_img

”ދީނީ މިންގަނޑަށް ނުފެތޭ ގޮތަށް ހިންގަމުންދިޔަ 83 މަސާޖުޕާލާއެއް ވަނީ ބަންދުކޮށްފަ“

ސެލޫންތަކުގެ ނަމުގައި ގާނޫނާއި ގަވާއިދާއި ހިލާފަށް ދީނީ މިންގަނޑަށްވެސް ނުފެތޭ ގޮތަށް ހިންގަމުންދިޔަ 83 މަސާޖުޕާލާއެއް އިކޮނޮމިކް މިނިސްޓްރީ، އިމިގްރޭޝަން އަދި ފުލުހުން ގުޅިގެން އުފެއްދި ޓާސްކް ފޯހުން މި މަހު ނުވައަކުން ފެށިގެން 21 އާއި ދެމެދު މި ހިނގި ދުވަސްކޮޅުގެ ތެރޭގައި ބަންދުކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައްޔިތުންނާއިއެކު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހުޅުމާލޭ ފޭސް 1 ގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރެހެންދި ސްކޫލު ހޯލުގައި ރޭ ކުރިއަށްގެންދެވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މާލޭގެ އަވަށްތަކާއެކު ބައްދަލުކުރައްވަން ފެއްޓެވި ހިސާބުން ފެށިގެން އެކިއެކި ރައްޔިތުންގެ ފަރާތުން ލިބިލެއްވި އެކިއެކި ޝަކުވާތަކާއި އެމަނިކުފާނާއި ސަރުކާރުގެ ކިބައިން އެދިވަޑައިގެންފައިވާ އެކިއެކި އެދިވަޑައިގަތުމަށް އެކި މަރުހަލާގައި ހައްލުތައް ގެނައުމުގެ މަސައްކަތްފެށިފައިވާކަން ފާހަގަކުރައްވާ ރައީސް ވަނީ މީގެ ތެރެއިން ބައެއް ކަންކަމުގައި ސަރުކާރުން އަމަލުކުރައްވަމުންގެންދަވާ ގޮތުގެ ބައެއް ތަފްސީލުތައް ހިއްސާކޮށްދެއްވާފައެވެ.

މީގެ އިތުރުން ސަރުކާރުގެ ހަރަދުތައް ބޮޑުވުމާގުޅޭ ގޮތުން ރައްޔިތުންގެ ފަރާތުން ލިބިވަޑައިގެންނެވި އެއް ކަންބޮޑުވުމަކީ ސަރުކާރުގެ ބައެއް މުހިންމު މަގާމުތަކަށް ރިޓަޔާޑް ބައެއް ބޭފުޅުން އެމަނިކުފާނު އައްޔަންކުރެއްވުމާގުޅޭ ގޮތުން ލިބިވަޑައިގެންނެވި ކަންބޮޑުވުންތަކެއް ކަމުގައި ރައީސް ވިދާޅުވިއެވެ. އެގޮތުން އެ ފަރާތްތަކަށް ރިޓަޔާމަންޓުގެ ގޮތުގައި ލިބޭ އެލަވަންސެއްގެ އިތުރުން އައްޔަނުކުރެވޭ މަގާމުގެ މުސާރަލިބުމުން ސަރުކާރުގެ ހަރަދު ބޮޑުވުމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރެއްވި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން، ސަރުކާރުގެ އައްޔަންކުރާ އެއްވެސް މަގާމަކަށް ރިޓަޔާޑް ބޭފުޅަކު އައްޔަންކުރައްވައިފިނަމަ ނޫނީ އިންތިހާބީ މަގާމަކަށް ރިޓަޔާޑް ބޭފުޅަކު އިންތިހާބުވެއްޖެނަމަ، އެ މަގާމުގެ މުއްދަތުގެ ތެރޭގައި، ރިޓަޔާމަންޓަށް ލިބޭ އެލަވަންސް މެދު ކެނޑޭގޮތަށް ހަމަޖެހިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި