- އިސްތިހާރު -spot_img

ދިމާވި ޓެކްނިކަލް މައްސަލައެއްގައި ހުޅުމާލެ ފޭސް 1ގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ބުނެފިއެވެ.

ސްޓެލްކޯ ބުނީ ހުޅުމާލެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އަދި މައްސަލަ ދެނަގަނެ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ދިމާވާނެ ދަތިތަކަށްވެސް ސްޓެލްކޯއިން މައާފަށް އެދިފައިވެއެވެ.

ސްޓެލްކޯއިން އިއްޔެ ބުނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕް ގްރޭޑް ކުރުމުގެ މަސައްކަތަށް ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށެވެ.

އެ ގޮތުން މި މަސައްކަތް ކުރުމަށްޓަކައި ހުޅުމާލެ ސަރަހައްދުން ކަރަންޓު ކެނޑިދާނެ ކަމަށް ލަފާކޮށްފައިވަނީ މިއަދު ހެނދުނު 10:00 އިން 10:30 އާ ހަމައަށެވެ.

ހަމައެހެންމެ ސްޓެލްކޯއިން ބުނެފައިވާއިރު ހުޅުމާލެ ފޭސް 1 ގެ އުނިގަސް މަގާއި ނިރޮޅުމަގުން ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯއިން ލަފާކޮށްފައިވަނީ މިއަދު މެންދުރު 14:00 އާއި 16:00 އާއި ދެމެދު އެވެ.

ސްޓެލްކޯއިން ދަނީ މާލެ ސިޓީގެ ކަރަންޓު ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންކަން ފާހަގަ ކުރެވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި