- އިސްތިހާރު -spot_img

ރައީސްގެ އަނބިކަނބަލުން، ކާވާ ކަޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ”ކާވާ ކަޕް ފޯ ވިމެން 2025“ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ރޭ ސޯޝަލް ސެންޓަރުގައި ކުރިއަށްދިޔަ މި އަހަރުގެ ކާވާ ކަޕް އަންހެނުންގެ ވޮލީ މުބާރާތުގެ ފައިނަލް މެޗުގައި ވާދަކޮށްފައިވަނީ ދިވެހިރާއްޖެ އާއި ކިރިގިސްތާނެވެ. ރޭ ކުޅުނު ފައިނަލް މެޗު 3 ސެޓް 1 ސެޓުން މެޗު ކާމިޔާބު ކުރީީ ކިރިގިސްތާނެވެ.

ރޭގެ ރަސްމިއްޔާތުގައި މެޑަމް ސާޖިދާވަނީ ޗެމްޕިއަން ޓީމަށް ގޯލްޑް މެޑެއްޔާއި ޓްރޮފީދެއްވާ، ޗެމްޕިއަން ޓީމާއެކު ގްރޫޕް ފޮޓޯއެއްވެސް ނަންގަވާފައެވެ.

ރާއްޖޭގެ މައްޗަށް ކުރި ހޯދާ ވިމެންސް ކާވާ ކަޕް 2025ގެ ޗެމްޕިއަންކަން ކިރްގިސްތާން ހޯދާފައިވީނަމަވެސް ރާއްޖެއިން ވަނީ މޮޅު ކުޅުމެއް ކުޅެފައެވެ. މެޗުގެ ފުރަތަމަ ސެޓު ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ 25-20ގެ ނަތީޖާ އަކުންނެވެ. އަދި މެޗުގެ ދެވަނަ ސެޓު ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މި ސެޓުގެ ބޮޑުބައިގައި ލީޑުގައި އޮތީ ރާއްޖެއަށް ނަމަވެސް މި ސެޓުގެ ފަހު ވަގުތު ކިރްގިސްތާނުން ވަނީ ރާއްޖޭގެ މައްޗަށް މި ސެޓުގައި ލީޑު ނަގާ 25-22ގެ ނަތީޖާ އަކުން ރާއްޖޭގެ މައްޗަށް ކުރި ހޯދާފައެވެ.

ހަމައެހެންމެ މެޗުގެ ތިން ވަނަ ސެޓުގައިވެސް ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. އަދި މި ސެޓުގައިވެސް ކިރްގިސްތާނުން ވަނީ ރާއްޖޭގެ މައްޗަށް ކުރި ހޯދާ، މި ސެޓުގެ ކާމިޔާބުކޮށްފައިވަނީ 25-17ގެ ނަތީޖާ އަކުންނެވެ.

ހަތަރު ވަނަ ސެޓުގައިވެސް ރާއްޖޭން ވަނީ ލީޑުގައި ގިނަ ވަގުތު އޮވެ މޮޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް މެޗުގެ ފަހު ވަގުތު ކިރްގިސްތާނުން ވަނީ ފަހަތުން އަރާ ރާއްޖޭގެ މައްޗަށް 25-21 އިން ކުރި ހޯދާ މެޗު ކާމިޔާބުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ދިވެހިރާއްޖޭގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމު، ކާވާ ކަޕްގައި މޮޅު ކުޅުމެއް ދައްކައި، މުބާރާތުގެ ފައިނަލަށް ދަތުރުކުރުމަކީ ވަރަށް ބޮޑު ފަހުރެއްކަން ފާހަގަކުރައްވައި، ކުޅުންތެރިންނަށް ހިތްވަރު ދެއްވާފައެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި