- އިސްތިހާރު -spot_img

ރައީސްގެ ވައުދުފުޅާއި އެއްގޮތަށް އެކަނިވެރި މައިންގެ އިނާޔަތް ބޮޑުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، އެކަނިވެރި މައިންނާއި ބަފައިންނަށް ދައުލަތުން ފޯރުކޮށްދޭ މާލީ އެހީގެ މިންވަރު މަހަކު 3000 ރުފިޔާއާ ހަމައަށް އިތުރުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ކުރިން އަމަލުކުރަމުންދިޔަ އުސޫލުގެ ދަށުން އެކަނި ދަރިން ބަލަހައްޓާ ފަރާތްތަކަށް ކޮންމެ ކުއްޖަކަށް ދެމުން އައީ 1,000 ރުފިޔާގެ އިނާޔަތެކެވެ. އަދި އެހީގެ ގޮތުގައި އެންމެ ގިނަވެގެން ދޫކުރަމުން އައީ މަހަކު 10,000 ރުފިޔާއެވެ. ނަމަވެސް، އިއްޔެ ގެނެވުނު އާ އިސްލާހާއެކު، ހަތަރު ކުދިންނާ ހަމައަށް ކޮންމެ ކުއްޖަކަށް 3,000 ރުފިޔާގެ މަގުން މާލީ އެހީ ލިބިގެންދާނެއެވެ.

އެގޮތުން ހަތަރު ކުދިން ތިބޭ އާއިލާއަކަށް މަހަކު 12,000 ރުފިޔާގެ އެހީއެއް ލިބިގެންދާނެކަން ފާހަގަކުރެވެއެވެ.

ހަމައެހެންމެ ހަތަރު ކުދިންނަށްވުރެ ގިނައިން ކުދިން ތިބޭނަމަ، އިތުރުވާ ކޮންމެ ކުއްޖަކަށް މަހަކު 1,000 ރުފިޔާގެ އިތުރު އެލަވަންސެއް ލިބޭއިރު ސަރުކާރުން ކަނޑައަޅާފައިވާ އައު އުސޫލުގެ ދަށުން، މި އިނާޔަތުގެ އެންމެ މަތީ މިންވަރަކީ މަހަކު 15,000 ރުފިޔާއެވެ.

އެކަނިވެރި މައިންނާއި ބަފައިންނަށް ދަރިން ތަރުބިއްޔަތު ކުރުމުގައި ދިމާވާ މާލީ ދަތިތަކަށް ހައްލެއް ހޯދައި ދިނުމަކީ ރައީސްގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ވައުދުފުޅަކަށްވާއިރު އަންނަ އަހަރުން ފެށިގެން އެކަނިވެރިމައިންގެ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކުރަން ނިންމަވާފައިވާކަން ރައީސް އިއުލާން ކުރެއްވީ މިދިޔަ އޮކްޓޫބަރުގައެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި