- އިސްތިހާރު -spot_img

ހުޅުމާލޭގައި އަމިއްލަ ފަރާތަކުން ބިނާ ކުރި މިސްކިތް ހުޅުވައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަމިއްލަ ފަރާތަކުން ބިނާ ކުރި މިސްކިތް ”މަސްޖިދުއް އީމާން“ ހުޅުވައިފިއެވެ.

އިއްޔެ ހުޅުވި މި މިސްކިތުގައި ހުކުރު ނަމާދުގެ ހަތީބުކަން ކޮށްފައިވަނީ އަހުމަދިއްޔާ އިންޓާނޭޝަނަލް ސްކޫލްގެ ގްރޭޑް 11 ގެ ދަރިވަރު އަލްހާފިޒު އުވައިސް ބިން އިނާޒުއެވެ.

މި މިސްކިތަކީ 3،000 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަދި މި މިސްކިތް އިމާރާތްކުރުމަށް ކުންފުންޏަކާއި ހަވާލުކޮށްފައިވަނީ މި އަހަރު އޭޕްރީލް މަހުގައެވެ. އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއިން ބުނީ މިސްކިތް އިމާރާތްކޮށްފައިވަނީ ހެޔޮ އެދޭ އަމިއްލަ ފަރާތަކުން ހަރަދުކޮށްގެން ކަމަށެވެ.

މި މިސްކިތް އިމާރާތް ކޮށްފައިވަނީ ހުޅުމާލެ ފޭސް 2 ލޮޓު 22386 ގައި ކަމަށްވާއިރު މި މިސްކިތަކީ 18720.79 އަކަފޫޓުގެ ބިމެއްގައި އިމާރާތްކޮށްފައިވާ މިސްކިތެއްކަން ފާހަގަކުރެވެއެވެ.

އެވުޒާރާއިން ބުނީ މި މިސްކިތްތަށް ނިމޭއިރު، ސޯލާއާއި އޭސީ ވެސް ހަރުކުރެވިފައި ހުންނާނެ ކަމަށެވެ. އަދި މިސްކިތް ޑިޒައިން ކުރެވިފައިވާނީ ގުރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސް ރޫމާއި ލައިބްރަރީވެސް ހިމެނޭ ގޮތަށް ކަމަށްވެސް އެވުޒާރާއިން ބުންޏެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އަންނަ އަހަރުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ވަގުތީ މިސްކިތްތައް އުވާލެވޭ ވަރަށް ދާއިމީ މިސްކިތްތައް ގާއިމުކޮށް ނިންމުމަކީ އަމާޒެއް ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި