- އިސްތިހާރު -spot_img

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު އަވަހާރަވުމާއި ގުޅިގެން ރައީސްގެ ތައުޒިޔާ

ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ހާލިދާ ⁠ޒިޔާ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވަނީ ހާލިދާގެ އާއިލާއަށް ތައުޒިޔާ ދަންނަވައި، ކެތްތެރިކަން ދެއްވުމަށް އެދި ދުއާވެސް ކުރައްވާފައެވެ.

ހާލިދާ އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ހޮސް ޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް ރޭ ފަތިހުގެ ވަގުތެއްގައެވެ. އެކަމަނާ އަވަހާރަވީކަން އެކަމަނާގެ ޕާޓީ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އާއި ބަންގްލަދޭޝްގެ މީޑިއާތަކުން ވަނީ ކަށަވަރުކޮށްފައެވެ.

ޑާކާގެ އެވާކެއާ ހޮސްޕިޓަލުގައި އެކަމަނާ އަވަހާރަވީއިރު އެންމެފަހުން ދިޔައީ ފުއްޕާމޭގެ އިންފެކްޝަނަކަށް ފަރުވާ ހޯއްދަވަމުންނެވެ. އަވަހާރަވީއިރު އެކަމަނާގެ އުމުރުފުޅަކީ 80 އަހަރެވެ.

1991 ވަނަ އަހަރަށް ފަހު ބަންގްލަދޭޝްގައި ވެރިކަން ކުރައްވަމުން ގެންދަވާފައި ވަނީ ހަސީނާ އާއި ހާލިދާއެވެ. ބަންގްލަދޭޝްގެ ވެރިކަމާ 76 އަހަރުގެ ހަސީނާ ހަވާލުވެ ވަޑައިގަތީ، އެ ގައުމުގެ ބާނީގެ ގޮތުގައި ބެލެވޭ އޭނާގެ ބައްޕާފުޅު މުޖީބް-އަލް-ރަޙްމާން 1975 ވަނަ އަހަރު އަވަހާރަ ކޮށްލުމާ ގުޅިގެންނެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި