- އިސްތިހާރު -spot_img

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލުނެރެފި

ބޯކޮށްވާރޭވެހުމާއިއެކު ގުގުރާނެކަމަށް ލަފާކޮށް ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓު) އިން ހުދު ސަމާލުނެރެފައިވަނީ މިއަދު ފަތިހު 5:00 އިން ފެށިގެން ހެނދުނު 10:00 އާއި ހަމައަށެވެ. މެޓުން ބުނީ ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށެވެ.

މިއަދު ހަވީރު 18:00 އާއި ހަމައަށް ރާއްޖެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. އަދި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި އުތުރުގެ މޫސުން އާއްމު ގޮތެއްގައި ރަނގަޅުވާނެއެވެ.

މެޓުން ބުނީ ހުޅަނދުއުތުރާއި އުތުރުން، މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް އިރު އުތުރާއި އިރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.

އެ ގޮތުން މެދު ރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް މެޓުން ވަނީ ލަފާކޮށްފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ބޮޑަށް ވާރޭ ވެހިފައިވަނީ ސ. ހިތަދޫ އާއި ސ. ހުޅުމީދޫ އަދި ސ. ގަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި