- އިސްތިހާރު -spot_img

އިސްލާމީ ވުޒާރާގެ ވާއިޡެއްގެ މަގާމު މުހައްމަދު އިބްރާހިމަށް ދީފި

ޅ. ނައިފަރަށް ނިސްބަތްވެ ވަޑައިގަންނަވާ އައްޝައިހު މުހައްމަދު އިބްރާހިމް (ނައިފަރީ) އަށް، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވާއިޡެއްގެ މަގާމު ހަމަޖައްސައިފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ޝާއިހު މުހައްމަދު އިބްރާހިމް އާއި ބައްދަލުކުރައްވާ ދީނީ ދައުވަތު ފެތުރެއްވުމަށްޓަކައި ޝައިހު ކުރައްވަމުން ގެންދަވާ މަސައްްކަތްޕުޅުތަކަށް ތައުރީފް ކުރައްވާ ޝުކުރުވެސް އަދާކުރައްވާފައެވެ. އަދި ޝައިހު ވުޒާރާ އާއި ގުޅިވަޑައިގެންނެވުމަކީ ވުޒާރާ އާއި ދީނީ ދައުލަތަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ޝައިހުއަކީ އެންމެ ފުރަތަމަ ހިސްނުލް މުސްލިމުގެ ތަރުޖަމާ ނެރުއްވި ބޭފުޅާ ކަމަށްވާއިރު ނައިފަރުގެ މަދްރަސަތުލް އިފްތިތާހުގެ އިސްލާމީ މުދައްރިސްކަންވެސް ޝައިހު ކުރައްވާފައިވެއެވެ. އަދި އެ ވަޒީފާގައި 17 އަހަރު ހޭދަކުރައްވާ، މީގެ އިތުރުންވެސް ގިނަ ދަރުސްތަކެއް ޝައިހު ދެއްވާފައިވާކަން ފާހަގަކުރެވެއެވެ.

ޝައިހު ނައިފަރީގެ ދެ ލޮލުގެ ފެނުން ގެއްލި މިފަހުންވަނީ ފަރުވާ ހޯއްދަވާފައެވެ. ދެ ލޮލުގެ ފެނުން ގެއްލި އާއްމުންގެ އެހީތެރިކަން ހޯދުމަށް ”އެހީ“ ޖަމިއްޔާއިން ހާއްސަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އަދި ”އެދިހަ“ ނަމުގައި ހާއްސަ ޕޯޓަލެއް އުފައްދާފައިވެއެވެ.

އެހީ ޖަމިއްޔާއިން އަންދާޒާ ކޮށްފައިވަނީ ފުރަތަމަ ދަތުރަށް 20،000 ޑޮލަރު ބޭނުންވާ ކަމަށެވެ. އެ ޖަމިއްޔާއިން ބުނީ ފަރުވާ ދިނުމަށް ފަހު ޝައިހުގެ ލޮލުގެ ފެނުން އަނބުރާ އިއާދަކުރުވެނޭ ކަމުގެ ޔަގީން ކަން އޮތް ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި