- އިސްތިހާރު -spot_img

ދުނިޔޭގެ ހާލަތު ރަނގަޅުކުރަން ގައުމުތަކާއި ގުޅިގެން މަސައްކަތް ކުރާނަން: ރައީސް

ދުނިޔޭގެ ހާލަތު ރަނގަޅުކުރުމަށް ރަހުމަތްތެރި ގައުމުތަކާއި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މީލާދީ އައު އަހަރުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް، ބޭރު ގައުމުތަކުގެ އިސް ވެރިންނަށާއި، ސަރުކާރުތަކަށާއި، ބައިނަލްއަގުވާމީ ޖަމާއަތްތަކުގެ ވެރިންނަށް އަރިސްކުރައްވާ ފޮނުއްވި ހާއްސަ މެސެޖެއްގައެވެ.

ރައީސް ވަނީ މީލާދީ އައު އަހަރުގެ މުނާސަބަތުގައި ގައުމުތަކުގެ ވެރިންނަށާއި، ގައުމުތަކުގެ ސަރުކާރުތަކަށާއި، ރައްޔިތުންނަށް، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އަދި‌‌‏ އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ވަރަށް އިހުލާސްތެރިކަމާއެކު އައު އަހަރުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުއްވާފައެވެ.

‏ބައިނަލްއަގުވާމީ ޖަމުއިއްޔާތަކުގެ ވެރިންނަށް ވަކިވަކިން ފޮނުއްވި އައު އަހަރުގެ ތަހުނިޔާގެ މެސެޖު ތަކުގައި، ރައީސް ވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ.

މިފެށޭ އައު އަހަރަކީ ތަނަވަސްކަމާއި އުފާފާގަތި އަދި ކާމިޔާބު އަހަރަކަށް ވުމަށް އުއްމީދުކުރައްވާ އެމަނިކުފާނު ވިދާޅުވީ އެ ގައުމުތަކާއި ދިވެހިރާއްޖެ އާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، އެއްގައުމުން އަނެއް ގައުމަށްދޭ އެއްބާރުލުން އިތުރުވެގެންދާނެ އަހަރަކަށް ވާނެކަމަށް، އުންމީދު ކުރައްވާ ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި