- އިސްތިހާރު -spot_img

ހުޅުމާލެ ފޭސް ތިނެއް ހިއްކުން: 49 ހެކްޓަރުގެ ބިން ހިއްކައިފި

ހުޅުމާލެ ފޭސް ތިނަކުން 49 ހެކްޓަރުގެ ބިން ހިއްކައިފިކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލް އިން މިއަދު ބުނީ ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަޝްރޫއުގެ ޖުމްލަ 63 ހެކްޓަރުގެ ތެރެއިން 49 ހެކްޓަރު ސަރަހައްދުގެ ބިން މިހާރު ހިއްކާ ނިމިފައިވާ ކަމަށެވެ. އަދި އެއީ މި މަޝްރޫއުގެ 77.78 އިންސައްތަ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.

އަމާޒަކީ ކުރިއަށް އޮތް ދޮޅު މަސްތެރޭގައި ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށްވެސް އެމްއޭސިއެލުން މީގެ ކުރިން ބުނެފައިވެއެވެ.

ހުޅުމާލޭ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކަން ފެށީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ. ނަމަވެސް އެކި ފަހަރު މަތިން މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އަލުން މަސައްކަތް ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހުން ފެށިގެންކަން ފާހަގަކުރެވެއެވެ.

ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވެއެވެ. ރައީސް ވިދާޅުވީ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމުން ދެ ޑްރެޖަރުވެސް ގިރާވަރަށް ފޮނުވާނީ، ދެއެއް ނުވަތަ ތިން މަސްދުވަހުގެ ތެރޭގައި ގިރާވަރުގެ މަސައްކަތް ނިންމުމަށް ކަމަށެވެ.

ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލުކޮށްގެންނެވެ.

 

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި