- އިސްތިހާރު -spot_img

ފިރިހެނުންނާއި އަންހެނުންވެސް ހެދުން ބަހައްޓަންވާނީ އިސްލާމުން ފަދައިން: ޝައިހު ޒައިދު

މުސްލިމް ގައުމެއްގެ މުސްލިމް އަންހެނުންގެ ޢިއްފަތާއި ކަރާމާތް ރައްކާތެރިކުރުމަށް ފިރިހެނުންނާއި އަންހެނުންވެސް ހެދުން ބަހައްޓަންވާނީ އިސްލާމުން ފަދައިން ކަމަށް ދީނީ އިލްމުވެރިޔާ، އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު މިފަދައިން ވިދާޅުވީ ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުން ހެދުން އެޅުމާ ގުޅޭ ގަވާއިދު އިސްލާހުކުރުމާއި ގުޅިގެން ގިނަ ފަރާތްތަކުން އެކަމާ ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ.

ޒައިދު ވިދާޅުވީ ޖިންސީ މިންތަކުގައި އެއްވެސް އަހުލާގެއްނެތް، ރައްބެއް ކަލެއް ރަސޫލެއް ނެތް ބަޔަކު އުޅޭ ފާޑަށް އުޅެން މުސްލިމުން ދިމާކޮށްގެން ނުވާނެ ކަމަށެވެ. އަދި  ތިބާގެ ހަށިގަނޑަކީ ތިބާގެ މިލްކެއް ނޫން ކަމަށްވެސް ޒައިދު ވިދާޅުވިއެވެ.

”އެހެނެއްކަމަކު އެއީ الله ގެ މިލްކެއް! އެކަލާނގެ އެންގެވި ގޮތަށް ކަންތައްތައް ކުރަންޖެހޭ، ތިބާގެއަތުގައިވާ އަމާނާތެއް!“ޒައިދު ވިދާޅުވިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ނެރުނު އިސްލާހުގައި ވަނީ މުވައްޒަފުން ހެދުން އެޅުމާ ގުޅޭ އެ މާއްދާ ބަދަލު ކޮށްފައެވެ. އެ ގޮތުން، ސިވިލް ސާވިސްގައި މަސައްކަތް ކުރާ ފިރިހެން މުވައްޒަފުން ރަސްމީ މަސައްކަތުގައި ތިބެން ވާނީ ގަމީހާއި ފަޓުލޫނު، ޓައި އަދި އޮފީސް ބޫޓުގައި ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ހަމައެހެންމެ ގަމީހުގެ ގޮތުގައި އަތްދިގު ނުވަތަ އަތްކުރު ގަމީހާއި ބުސް ގަމީސް ބޭނުންކުރެވިދާނެ ކަމަށާއި ބެގީ ބަހައްޓަން ވީގޮތާއި ގަހަނާގެ ގޮތުގައި އަނގޮޓިއެއް ފިޔަވައި އިތުރު އެއްޗެއް ނޭޅޭނެކަންވެސް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން މަސައްކަތް ކުރާ އަންހެން މުވައްޒަފުން ރަސްމީ މަސައްކަތުގައި އުޅޭއިރު ބޭނުންކުރަންވާނީ ދިގު ހެދުމެއް ނުވަތަ ދިވެހި ލިބާހެއް ނުވަތަ އޮފީސް ހެދުމެވެ. އަދި އިސްތަށިގަނޑުގައި ކަޅުކުލަ ނޫން ފާޅުކަން ބޮޑު ކުލައެއް ޖެއްސުމާއި ޝޭޑްކޮށް، ހައިލައިޓް ކުރުން ސިވިލް ސާވިސް މުވައްޒަފުންނަށް މަނާވާނެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި