- އިސްތިހާރު -spot_img

އުމްރާގެ އަޅުކަމަށްފަހު ރާއްޖެ މީހުން އަންނާތީ ފެތުރިދާނެ ބަލިތަކަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

އުމްރާގެ އަޅުކަން އަދާކުރުމަށްފަހު ގިނަ ބަޔަކު އަނބުރާ ރާއްޖެ އަންނަން ފަށާފައިވާއިރު ނޭވާލުމުގެ ނިޒާމުން ފެތުރޭ ބަލިތައް މަދު ކުރުމަށްޓަކައި ސަލާމަތީ ފިޔަވަޅު އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ އަރިދަފުސް ރީގާ އަދި ވައިރަލްހުމުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ކެއްސާ ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުމާއި ޓިޝޫފަދަ ތަކެތި ބޭނުން ކުރުމަށްފަހު ރައްކާތެރި ގޮތުގައި ނައްތާލުމަކީ މުހިއްމު ކަމެއް ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމުގެ އިތުރުން ދަތުރު މަތީގައި އާއި ހައްޖު އަދި އުމްރާ އަދާ ކުރުމުގައި އުޅޭ އިރު މާސްކް އަޅައިގެން އުޅުމުގެ އިތުރުން ރޯގާ ޖެހި ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަަށް ނުދިއުމާއި ހާއްސަކޮށް މިފަދަ ތަންތަނަަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތައް ނުދިއުމަށްވެސް ސަމާލުކަންދިނުމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

އެޗްޕީއޭއިން ބުނީ ރޯގާ ޖެހިއްޖެ ނަމަ ކުޑަކުދިން ކައިރިއަށް ނުދިއުމާއި އެކުދިން އުރާ ނުހެދުމުގެ އިތުރުން ހައްޖުން ނުވަތަ އުމްރާއިން އެނބުރި އަންނަތާ 14 ދުވަސް ތެރޭގައި ހުން އައުން، ކެއްސުން، ނޭވާލާން އުނދަގޫވުން، މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.

އެޗްޕީއޭއިން ބުނީ ޑޮކްޓަރަކަށް ދައްކާއިރު ހައްޖުން ނުވަތަ އުމްރާއިން އެނބުރި އައި މީހެއް ކަމުގެ މައުލޫމާތު ދިނުމަށާއި މި ނޫންވެސް އިތުރު ބައްޔެއްގެ އަލާމާތެއް ފެންނަ ނަމަ ޑޮކްޓަރަށް ދެއްކުމަށް އިސްކަންދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި