އިލްމު ހޯދުމަކީ އިމްތިޔާޒެއް ނޫން ކަމަށާއި، އެއީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްގެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ ބަރެއިލް ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ސާޖިދާ ވިދާޅުވީ މިކަން ފެށެނީ، އެހެން މީހުންގެ އިހުސާސްތައް ދެނެގަންނަ ހިސާބުން ކަމަށެވެ. އަދި މިއަދު ފާހަގަކުރާ ބްރައިލް ދުވަހަކީ ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ފަރާތްތައް ބާރުވެރިކޮށް ވިލުންތެރި ކުރުމަށް މުހިންމު ދުވަހެއް ކަމަށްވެސް ސާޖިދާ ވަނީ ފާހަގަކުރައްވާފައެވެ.
ހަމައެހެންމެ މިކަން ކުރުމުގައި އެފަރާތްތަކުން ކިއުމުގައި ބޭނުންކުރާ ބްރައިލް މުހިންމު ދައުރެއް އަދާކުރުމަށް ކަމަށް ސާޖިދާ ވިދާޅުވިއެވެ.
ސާޖިދާ ވިދާޅުވީ މުޖުތަމައުގެ ކޮންމެ ފަރުދަކީވެސް އެފަރާތްތަކުގެ މަސައްކަތް ފެންނަކަން އިހުސާސްވާ، އެ ފަރާތްތަކުގެ މަސައްކަތަށް މުޖުތަމައުގެ ތެރެއިން ހިތްވަރު ލިބޭ ބަޔަކަށް ހަދަންޖެހޭ ކަމަށެވެ.
މިފަދަ ފަރާތްތަކަކީ މުޖުތަމައުގެ ތެރޭގައި ބާރުވެރި ބަޔަކަށް ހަދައި، އޯގާތެރިކަމާއެކު އެފަރާތްތަކާއެކު ތިބުމަށްވެސް ސާޖިދާވަނީ ގޮވާލައްވާފައެވެ.





