- އިސްތިހާރު -spot_img

ކުޅިވަރުގެ ޒަރިއްޔާއިންވެސް ހެޔޮލަފާ ޖީލެއް ބިނާ ކުރެވިދާނެ: ޝަރީފު

ހެޔޮލަފާ ރަނގަޅު ޖީލެއް ބިނާކުރުމުގައި ކުޅިވަރަކީ މުހިންމު ހިއްސާއެއް އޮތް އެއްޗެއް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މި މުބާރާތަކީ ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އަންހެން ޑިވިޝަނަށް ހާއްސަކޮށްގެން ފެށުނު ’ރާއްޖެ ސުޕާ ލީގް 2026‘ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ ކުޅިވަރުގެ ތެރެއިން ވެސް ވަރަށް މުހިންމު ތަރުބަވީ ސިފަތައް ލިބިގެންދާ ކަމަށެވެ. އަދި ހަރުދަނާ ޝަހުސިއްޔަތެއް އުފެއްދުމުގައި ވެސް ކުޅިވަރަކީ މުހިއްމު ދައުރެއް އަދާކުރާ ކަމެއް ކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ މިފަދަ ކަންކަމުގައި ކުޅިވަރުގެ މުހިންމުކަން، ރާއްޖެއަށް ބަލާލުމުން ވެސް ފެންނަން އެބައޮތް ކަމަށާއި، ރާއްޖޭގައި ކުޅިވަރުގެ ދާއިރާއިން ކުރިއަށް ގޮސްފައި ތިބި އެކި ފަރާތްތަކަށް ބެލިކަމުގައިވީ ނަމަވެސް، އަދި އެބޭފުޅުންގެ މުޅި މުސްތަގުބަލާއި އެބޭފުޅުންގެ ދިރިއުޅުމަށް ބެލިކަމުގައިވީ ނަމަވެސް އެއީ ކާމިޔާބު މަސައްކަތެއްކަން އެނގޭ ހެއްކެއް ކަމަށެވެ.

ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ކުޅިވަރަށް މަގުފަހިކޮށްދިނުމާއި ކުޅިވަރުގެ ވަސީލަތްތައް ފުރިހަމަކޮށްދިނުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި