- އިސްތިހާރު -spot_img

ލޯކަލް ކައުންސިލު އިންތިހާބުގެ ކޮމާންޑަރުން ކަނޑައަޅައިފި

ލޯކަލް ކައުންސިލު އިންތިހާބުގެ ކޮމާންޑަރުން ކަނޑައަޅައިފިއެވެ.

ފުލުހުން ބުނީ މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ހިންގުމަށް ހަމަޖެފައިވާ އޮޕަރޭޝަންގެ ކޮމާންޑަރުން ކަނޑައަޅައިފި ކަމަށެވެ.

ކޮމިޝަނާގެ އޮފީހުގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި، އެ ކޮމާންޑަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީންއެވެ. އަދި މި ބައްދަލުވުމުގައި، އިންތިހާބުގެ އެންމެހައި ކަންކަން އަމާންކަމާއެކު ކުރިއަށް ގެންދިއުމަށާއި ހުރިހާ ރައްޔިތުންނަށް ވެސް ރައްކާތެރި އަމާން މާހައުލެއް ގާއިމުކުރުމަށް މަސައްކަތް ކުރުމަށް ފުލުހުންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ބެހޭ ގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.

ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ސެކިއުރިޓީ ކޮމާންޑަރަަކަށް އައްޔަނުކުރައްވާފައިވަނީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފްއެވެ.

މީގެ އިތުރުން ޑެޕިއުޓީ ކޮމާންޑަރަކަށް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު އައްޔަނުކޮށްފައިވާއިރު، ޗީފް ޓެކްނޮލޮޖީ އޮފިސަރަކަށް އައްޔަނުކޮށްފައިވަނީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު އާތިފުކަން ފާހަގަކުރެވެއެވެ.

ފުލުހުން ބުނީ ޓެކްޓިކަލް ކޮމާންޑަރަކަށް އައްޔަނުކޮށްފައިވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުލްމަތީން އަބްދުލްކަރީމު ކަމަށެވެ.

ރާއްޖޭގައި ބާއްވާ އެކިއެކި އިންތިހާބުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށާއި އިންތިހާބަށް އަމާން ރައްކާތެރި މަހާއުލެއް ގާއިމްކުރުމަށްޓަކައި އޮޕަރޭޝަން ކޮމާންޑަރުން އައްޔަންކޮށް، ކޮންމެ އިންތިހާބަކަށްވެސް ދުރާލައި ފުލުހުން ތައްޔާރުވަމުންދެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި