14 ރަށެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫއު ތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.
އެމްޓީސީސީން ބުނީ 14 ރަށެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އުމްރާނީ ތަރައްގީގެ 14 މަޝްރޫއެއްގެ އެއްބަސްވުން ތަކެއްގައި މިނިސްޓްރީ އޮފް އިންފްރާ ސްޓްރަކްޗާ އާއިއެކު ސޮއިކޮށްފައިވާ ކަމަށެވެ.
މި އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް އިސްމާއީލް ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓާރ ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީއެވެ.
މި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ:
1. ނ. ހޮޅުދޫ – ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން
2. ގއ. ކަނޑުުހުޅުދޫ – ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން
3. ދ. ބަނޑިދޫ – ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން
4. ނ. މާފަރު – ހިއްކި ބިމުގައި ގޮނޑުދޮށް ހިމާޔަތްކުރުން
5. ރ. އުނގޫފާރު – ބަނދަރު ތަރައްގީކުރުން
6. ހއ. މުރައިދޫ – ބަނދަރު ބޭރުތޮށި ތަރައްގީކުރުން
7. ހއ. އިހަވަންދޫ – އާޓީފިޝަލް ބީޗް ތަރައްގީކުރުން
8. ނ. މާޅެންދޫ – ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން
9. ރ. އަލިފުށި – އިންސަޓްރިއަލް ޒޯން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން
10. ހއ. ފިއްލަދޫ – ގޮނޑުދޮށް ހިމާޔަތްކުރުން
11. ހއ. ވަށަފަރު – ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން
12. ކ. ގާފަރު – ގޮނޑުދޮށް ހިމާޔަތް ކުރުން
13. ގދ. ފަރެސްމާތޮޑާ – މަގުހެދުން (ދެވަނަ ފިޔަވަހި)
14. ނ. ހެނބަދޫ – ބިންހިއްކުމާއި ގޮނޑުދޮއް ހިމާޔަތްކުރުން މި އެވެ.
މި މަޝްރޫއުގެ ދަށުން ގިނަ ރަށްރަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަތަކަށް ބޮޑު ހައްލެއް ލިބިގެންދާއިރު ބޯހިޔާވަހިކަމާއި ރަށްރަށުގެ އުމްރާނީ ތަރައްގީއަށް ބޮޑު ކުރިއެރުތަކެއް ލިބިގެންދާނެއެވެ. އަދި ފަތުރުވެރިކަމަށްވެސް މި މަޝްރޫއުގެ ދަށުން ގިނަ މަންފާތަކެއް ލިބިގެންދާނެކަން ފާހަގަކުރެވެއެވެ.




