- އިސްތިހާރު -spot_img

ޅ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް ހުދު ސަމާލު ނެރެފި

ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ޅ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓު) އިން ހުދު ސަމާލު ނެރެފައިވަނީ ދަންވަރު 3:00 އިން ފެށިގެން ހެނދުނު 9:00 އާއި ހަމައަށެވެ.

މެޓުން ބުނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިއަދު ހަވީރު 18:00 އާއި ހަމައަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު ރާއްޖޭގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް މެޓުން ބުންޏެވެ. އަދި މެދު ރާއްޖެތެރޭ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ބުންޏެވެ.

ހަމައެހެންމެ އުތުރާއި އިރުއުތުރުން، ދެކުނު އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި އުތުރު އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާ 15 މޭލާ ދެމެދުގެ ބާރމިނުގައި ވައިޖެހޭނެ ކަމަށްވެސް މެޓުންވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން އުތުރު އަތޮޅުތަކުގައި އާދައިގެ ވަރަކަށް ކަނޑުތައް މަޑުވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށް މެޓުން ބުންޏެވެ. އަދި އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވުންވެސް އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި