- އިސްތިހާރު -spot_img

ހަކަތަ ބަދަލުކުރުމާގުޅޭ ބައިނަލްއަގުވާމީ ސެޝަނެއްގައި ރާއްޖެއިން ބައިވެރިވެއްޖެ

ހަކަތަ ބަދަލުކުރުމާ ގުޅޭ ބައިނަލްއަގުވާމީ ސެޝަނެއްގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބުނީ މި ސެޝަނު ކުރިއަށް ގެންގޮސްފައިވަނީ އެނާޖީ ޓްރާންސިސަން: ޕާތްވޭސް، ރީޖަނަލް އެޕްރޯޗަސް އެންޑް ޕާޓްނާޝިޕް“ ގެ މައުޟޫއުގެ މައްޗަށް ކަމަށެވެ.

މި ހާއްސަ ސެޝަނެއްގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ ތާރީގު އިބްރާހީމެވެ.

މި ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ތާރިގު ވިދާޅުވީ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކާއި އެ ސަރަހައްދެއްގެ މާހައުލާ ހުރި ގުޅުންތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފައިގެން، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުން ހަލުވިކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި ހާއްސަކޮށް ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް ހަކަތަ އުފެއްދުމުގެ ނިޒާމުތައް ބަދަލުކުރުމުގައި ހުރި މަގުތަކާއި، ސަރަހައްދީ ފެންވަރުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ތާރިގު ވަނީ ތިމާވެށި ރައްކާތެރި ކުރުމަށާއި ހަކަތައިގެ ދާއިރާއިން ރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި ބައިނަލްއަގުވާމީ ބައިވެރިންނާއެކު ވަރުގަދަ ގުޅުމެއް ބޭއްވުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް އަމާޒު ހިފާފައިވާއިރު މި އަމާޒަށް ވާސިލުވުމަށްޓަކައި ތާރިގު ގެންދަވަނީ ބައިނަލްއަގުވާމީ އެކި ފޯރަމްތަކުގައި ރާއްޖޭގެ ތަމްސީލުކޮށް، އެހީތެރިކަމާއި އެއްބާރުލުން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންކަން ފާހަގަކުރެވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި