މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ އަންނަ މަހުގެ 5 ވަނަ ވަނަ ދުވަހު ބާއްވަން ނިންމަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން ބުނީ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފަހެއް ފެބުރުވަރީ 2026 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުالله ނިންމަވާފައިވާ ކަމަށެވެ. އަދި ޖަލްސާ ފަށާނީ އެ ދުވަހުގެ ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި ކަމަށް ވިދާޅުވިއެވެ.
ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުން ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލިހަށް އިއްވަން ވާނެގޮތަށް ކަނޑައަޅާފައި ވެއެވެ.
މީގެ ކުރިން މަޖިލީހުގައި ރިޔާސީ ބަޔާން އިއްވާ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ. ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން އެ ދުވަސް ވަނީ ރަސްމި ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފަކަން ފާހަގަކުރެވެއެވެ.





