- އިސްތިހާރު -spot_img

ގަލޮޅު ސިޓީ ޕާކް ހުޅުވިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: މޭޔަރު

ގަލޮޅު ސިޓީ ޕާކު އަލުން ހުޅުވިގެން ދިއުމަކީ، ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ގަލޮޅު ސިޓީ ޕާކު ހުޅުވުމުގެ މުނާސަބަތުގައި މޭޔަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރު ވިދާޅުވީ 10 އަހަރުވަންދެން، ވަށައިގެން ޓިނު ޖަހައި ބަންދުކޮށްފައި އޮތް،  އަދި ކާމިޔާބުކަމާއެކު، ރޭވި ގޮތަށް، މި މަސައްކަތް ނިމުނު ކަމަށްޓަކައި الله އަށް ހަމްދު ކުރާ ކަމަށެވެ. އަދި ސިޓީ ޕާކު އަލުން ހަދައި އިއްޔެ ހުޅުވުނީ، ބެޑްމިންޓަން ކޯޓަކާއި، ތްރީއޮންތްރީ ބާސްކެޓް ބޯޅަ ކޯޓަކާއި އެކި އުމުރުފުރައިގެ މީހުން ކަސްރަތު ކުރާނެ ތަނަކާއި، ހިތްހަމަ ޖައްސާލުމަށް މަޑުކޮށްލާނެ ޖާގަ އާއި، ކުޑަ ކުދިން ކުޅުމަށް ހާއްސަ ސަރަޙައްދަކާއި އަދި އެކި ކަހަލަ އިވެންޓްތައް ބާއްވާނެ ތަނަކާއެކު، ވަރަށް ގިނަ ގޮތްގޮތަށް، ރައްޔިތުންނަށް ބޭނުންހިފޭނެ ގޮތަކަށް ޑިޒައިންކޮށްގެން ކަމަށްވެސް މޭޔަރު ވިދާޅުވެފައިވެއެވެ.

”މާލެ ސިޓީގެ މޭޔަރު ކަމުގައި އަޅުގަނޑު ހޭދަކުރި މުއްދަތުގައި، އަޅުގަނޑުގެ މަސައްކަތުގެ މައިގަނޑު އެއް އަމާޒަކީ، ޖާގަ ލިބެން އޮތް އެންމެ މަތީ މިންވަރަކަށް، މި ފަދަ ހިތް ފަސޭހަ މައިޒާންތައް މާލެ ސިޓީގައި ގާއިމްކޮށް، ރައްޔިތުންނަށް އުފާވެރިކަން ގެނެސް ދިނުން.“ މޭޔަރު ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ މި ޕާކު ބޭނުންކުރައްވާ ހުރިހައި ފަރާތްތަކުން ޕާކު ރީތިކޮށް ބޭއްވުމަށް މަސައްކަތްކޮށް ދެއްވުމަށް އިލްތިމާސްކުރައްވާފައެވެ.

މި ޕާކަކީ ސިޓީ ކައުންސިލުގެ ބަޖެޓުން 2.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީ ކޮށްފައިވާ ޕާކެއް ކަމަށްވާއިރު ގަލޮޅު ރައްޔިތުންގެ އެދުމުގެ މަތިން ތަރައްގީ ކުރި މި ޕާކްގެ މަސައްކަތް ފެށީ މީގެ އަށް މަސް ކުރިންނެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި