- އިސްތިހާރު -spot_img

މިދިޔަ މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަމުގެ ދަފްތަރުގައި 15،059 ފަރާތެއް ރަޖިސްޓްރީކޮށްފި

މިދިޔަ މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ޖުމްލަ 15،059 ފަރާތެއް ރަޖިސްޓްރީކޮށްފިއެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ 4223 ފަރާތެއް ނުކުޅެދުންތެރިކަން ހުންނަ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ހިމެނެނީ އަންހެން 1887 ފަރާތަކާއި 2336 ފިރިހެން ފަރާތެކެވެ.

މީގެ އިތުރުން މަލްޓިޕަލް ޑިސްއެބިލިޓީގެ 3396 ފަރާތެއް ރެޖިސްޓްރީވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އަންހެން 1214 ފަރާތަކާއި ފިރިހެން 2182 ފަރާތެކެވެ. އަދި ވިސްނުމުގެ ނުވަތަ ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ 1871 ފަރާތެއް ރެޖިސްޓްރީކޮށްފައިވާއިރު އޭގެ ތެރޭގައި އަންހެން 812 ފަރާތަކާއި ފިރިހެން 1059 ފަރާތެއް ހިމެނޭކަން ފާހަގަކުރެވެއެވެ.

ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ޖުމްލަ 2116 ފަރާތެއް ރެޖިސްޓްރީ ކޮށްފައިވާއިރު އޭގެ ތެރޭގައި  އަންހެން 844 ފަރާތަކާއި ފިރިހެން 1272 ފަރާތެއް ހިމެނެއެވެ. އަދި  އަޑުއިވުމާއި ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ 1791 ފަރާތެއް ހިމެނޭއިރު އަންހެން 946 އަދި ފިރިހެން 845 ފަރާތެއްވެސް އެންސްޕާގައި ވަނީ ރެޖިސްޓްރީ ކޮށްފައެވެ.

މީގެ އިތުރުން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ޖުމްލަ 1018 ފަރާތެއް ރަޖިސްޓްރީ ކޮށްފައިވާއިރު އޭގެ ތެރޭގައި އަންހެން 479 ފަރާތަކާއި ފިރިހެން 539 ފަރާތެއްވެސް ހިމެނެއެވެ.

އޯޓިޒަމް ހުންނަ 588 ފަރާތެއް އެންސްޕާގައި ރަޖިސްޓްރީކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެން 123 ފަރާތަކާއި ފިރިހެން 465 ފަރާތެކެވެ. އަދި އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ޖުމްލަ 56 ފަރާތެއް ހިމެނޭއިރު އޭގެ ތެރޭގައި ހިމެނެނީ އަންހެން 18 ފަރާތަކާއި ފިރިހެން 38 ފަރާތެއްވެސް ނުކުޅެދުންތެރިކަން ހުންނަ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި