- އިސްތިހާރު -spot_img

ތައިލޭންޑުގައި ހިނގި ރޭލު އެކްސިޑެންޓާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

މިދިޔަ ބުދަ ދުވަހު ބެންކޮކްގެ އިރު އުތުރުން 230 ކިލޯމީޓަރު 143 މޭލު ދުރުގައި އޮންނަ ނަހޮން ރައްޗަސިމާ ޕްރޮވިންސްގެ ސިކިއޯ ޑިސްޓްރިކްޓްގައި ހިނގި އެކްސިޑެންޓާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެ ގައުމުގެ ބޮޑު ވަޒީރު، އަނޫޓީން ޗަރްވިރަކޫލްއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ތައިލެންޑުގެ ބޮޑު ވަޒީރަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އެތައް ފުރާނައެއް ގެއްލި، ގިނަ ބަޔަކު ޒަހަމްވި މި އެކްސިޑެންޓާ ގުޅިގެން ނުހަނު ފުން ހިތާމަ ލިބިވަޑައިގެންނެވި ކަމަށެވެ.

ރައީސް ވަނީ ތައިލެންޑް ސަރުކާރަށާއި، މި ހާދިސާގެ ސަބަބުން ހިތްދަތިކަން ތަހައްމަލުކުރަމުންދާ އާއިލާތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ތައުޒިޔާވެސް ވިދާޅުވިއެވެ.

ރައީސް ވަނީ މި ހާދިސާގައި ޒަހަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ. އަދި މީހުން ހޯދައި ސަލާމަތްކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަންތައް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ރައީސް ފޮނުއްވި ތައުޒިޔާ މެސެޖުގައި ވެއެވެ.

ތައިލެންޑުގައި ހިނގި މި އެކްސިޑެންޓުގައި އެ ރޭލު ދަތުރު ކުރީ ތައިލެންޑްގެ ވެރިރަށް އުބޮން ރައްޗަތާނީ ޕްރޮވިންސަށެވެ. މި ހާދިސާގައި 28 މީހުން މަރުވެ ފައިވާއިރު 64 މީހުން  ޒަހަމްވެފައިވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި