- އިސްތިހާރު -spot_img

ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހަށް ފަސްކޮށްފި

ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ފަސްކޮށްފިއެވެ.

އެ ވުޒާރާ ނެރުނު ބަޔާނެއްގައި ބުނީ މި ދުވަސް ފަސްކޮށްފައިވަނީ މާލޭ ސަރަހައްދުން ދޫކުރާ ބިމާއި ފްލެޓަށް އެދި ވަރަށް ގިނަ ފަރާތްތަކަކުން އެޕްލައިކުރާނެ ކަމަށް ލަފާކުރެވޭތީ ކަމަށާއި ހަފްތާ ބަންދާ ދިމާކޮށް ހުޅުވުމުން ރައްޔިތުންނަށް ދޭން ބޭނުންވާ މައުލޫމާތު ދިނުމުގައި ދިމާވެދާނެ ދަތިތަކެއް ހުރެދާނެތީ ކަމަށެވެ.

މީގެ އިތުރުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމަށް އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 09:00 ގައި ޕޯޓަލް އާންމުކޮށް ހުޅުވަން ނިންމާފައިވާ ކަމަށްވެސް އެވުޒާރާއިން ބުންޏެވެ.

މީގެ ކުރިން ”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ”އާއިލީ ބޯހިޔާވަހިކަން“ ޕްރޮގްރާމުގެ ދަށުން މާލޭ ސަރަހައްދުން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް އެ ވުޒާރާއިން ނިންމަވާފައިވަނީ އިއްޔެ ކަމުގައި ވީނަމަވެސް މި ސްކީމަށް ފޯމު ހުށައެޅުމަށް އެންމެ ފުރަތަމަ ނިންމާފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެންނެވެ. އަދި ފަހުން އެ މުއްދަތު އިއްޔެއަށް ފަސްކުރީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ރައްޔިތުންގެ ބައްދަލުވުން ތަކުގައި ރައްޔިތުން ހުށަހެޅި ކަންބޮޑުވުންތަކާ ގުޅިގެން އުސޫލަށް ބައެއް އިސްލާހުތައް ގެނައުމަށްކަން ފާހަގަކުރެވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި