- އިސްތިހާރު -spot_img

ކައުންސިލް އިންތިހާބާއި ޑަބްލިއުޑީސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.

އެ ކޮމިޝަނުން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ ދަށުން ބާއްވަންޖެހޭ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަންނަ އެޕްރީލް މަހުގެ ހަތަރެއްވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އީސީން ބުނީ އެ އިންތިހާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ހުޅުވާލާފައިވާ ކަމަށެވެ. އަދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހަމަވާނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ 15:30 އަށް ކަމަށް ވެސް އެ ކޮމިޝަނުން މައުލޫމާތު ދީފައިވެއެވެ.

އެހެންކަމުން ހުރިހާ ލިޔެކިއުންތައް ފުރިހަމަކޮށް، އޮންލައިންކޮށް އީސީއަށް ހުށަހެޅުމަށް އެ އިދާރާއިން އެދިފައިވެއެވެ.

ކައުންސިލްތަކުގެ އިންތިހާބު 2026 ގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 4 އެޕްރީލް 2026 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން ހަވީރު 16:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެ ދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައި ކަމަށް އޭސީން ބުންޏެވެ.

އިންތިހާބުތަކާބެހޭ އާންމު ގަވާއިދުގެ 31-1 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އިންތިހާބު އޮންނަ ދުވަހު، އިންސާނީ ބާރު ނުހިނގާ ފަދަ ގުދުރަތީ ހާދިސާއެއް މެދުވެރިވުމުން ފިޔަވައި، ވޯޓު ނަގަން ކަނޑައަޅައިފައިވާ ގަޑިއަށް ބަދަލެއް ނުގެނެއެވެ. އަދި އެ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ 11 އޭޕްރީލް ވާ ހޮނިހިރު ދުވަހު ކަމަށް އީސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި